ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2021/3
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 30 ޖޫން 2021 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
މުއްދަތުަހަމަވެފައިވާ އައި.ޑީ ކާޑުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

މިހާރު މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީއާ ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް ފެންނާނީ، މުއްދަތު ހަމަވެފައިވާ ކާޑުތައް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

11 ފެބުރުވަރީ 2021