ބީލަން
ނަންބަރު: (IUL)266-PR/266/2021/16
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 25 ފެބުރުވަރީ 2021 11:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ކައުންސިލްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް އައުޓްސޯސްކޮށްގެން މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 ފެބްރުއަރީ 2021 (ބުރާސްފަތި) ދުވަހުގެ 08:00 ން ފެށިގެން 18 ފެބްރުއަރީ 2021 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ  މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް މި ލިންކް ( http://bit.do/Magu-bathi) ގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

  •  މައުލޫމާތު ދިނުން – 21 ފެބުރުއަރީ 2021 (އާދީއްތަ) 11:00
  •  އަންދާސީ ހިސާބު ހުށަހެޅުން 25 ފެބުރުއަރީ 2021 (ބުރާސްފަތި) 11:00

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން  ޕްރީ – ބިޑް ބައްދަލުވުމަށް ދުރުވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

11 ފެބުރުވަރީ 2021