މަސައްކަތް
ނަންބަރު: (IUL)195-A/1/2021/5
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 16 ފެބުރުވަރީ 2021 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލައެއްގައި ވަކާލާތު ކުރުމުގެ އެންމެހައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލައެއްގައި ވަކާލާތު ކުރުމުގެ އެންމެހައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ފަށާނީ 14 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 8:30  ފެށިގެންނެވެ. އަދި ރަޖިސްޓްރީ ކުރުމުގެ މުއްދަތު 16 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވާނެއެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ވަގުތު އެފަރާތްތަކަށް ދޫކުރެވޭނެއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 28 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކޮމިޝަނަށް (ހ.ސަކީނާމަންޒިލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަންވެސް ދެންނެވީމެވެ.

 

                        28 ޖުމާދަލްއާޚިރާ 1442

                        10 ފެބުރުވަރީ 2021

10 ފެބުރުވަރީ 2021