ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 މާރިޗު 2021 15:42 ގައި ބާތިލް ކުރެވިފައެވެ.
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫގެ މަގުބައްތިތަކާއި ބަނދަރުގައި ހުރި ބައެއް ބައްތިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް އެ ބައްތިތައް ދިއްލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
10 ފެބުރުވަރީ 2021 އިން 22 ފެބުރުވަރީ 2021 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
28 ފެބުރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
މި ޕްރޮޖެކްޓާގުޅޭ ބީލަން ރަޖިސްޓަރީކުރާ ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.