ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)453-AHR-2/1/2021/4
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 21 ފެބުރުވަރީ 2021 14:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ މަޤާމުގެ އިއުލާން

މަޤާމް:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-304230, J-304231, J-304232, J-304227, J-304228

ބޭނުންވާ އަދަދު:

05

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް-2

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ.ފުނަދޫ އެއަރޕޯޓް، މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯރޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ

މުސާރަ:

މަހަކު -/5920 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1500ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޮއްތު ފައިސާ -/60ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. ސްޕެޝިއަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  3. ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ
  4. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން އައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫ އިންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
  4. އެއަރޕޯރޓްގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިޔާތަކަށާއި މަތިންދާބޯޓް ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމަށް، މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އަދި އެވެހިކަލްތަކުގައި ގެންދާތަކެތި ބަލައި ފާސްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މިމާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން. (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން، ލެވެލް 3ގެ ސަނަދެއް ގޮތުގައި ބެލޭނެއެވެ.)

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތައް:

  1. ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުން.
  2. އިސްކޮޅުގައި '5 (ފަސް) ފޫޓް ހުރުން.
  3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަބޫލުކުރެވޭ މިންގަނޑަށް ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރުން (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވާފަރާތްތަކަށެވެ).

 

ނޯޓް: މި މަޤާމަށް ހޮވޭ މުވައްޒަފުން މި މަޤާމުގެ ބޭސިކް ޓްރެއިން ދެވޭ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް ފާސްވުމުން، ސީ.އެސް 3-1 ގެ ރޭންކުގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމް %/15
  2. މަގާމުގެ މަސައްކަތުގެ ދާއިރާ އާއިގުޅޭ ތަޖްރިބާ %/10
  3. ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން/ ޕްރެކްޓިކަލްސް)  %75

މީގެ އިތުރުން ތިރީގައި މި ދަންނަވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ކޮންމެ އެއަރޕޯރޓެއްގައިވެސް އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތް ކުރެވޭނެ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯރމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2ގެ 1 ވަނަ ފަންގިފިލާ) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއްކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،1 މާރިޗު 2021 ން 15 މާރިޗު 2021 އާއި ދެމެދު ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއާޓަރޒް ގައި ނުވަތަ މަޤާމަށް އިޢުލާން ކުރެވިފައިވާ އެއަރޕޯރޓްގައި ނުވަތަ އެސަރަޙައްދާއި ކައިރި ރަށެއްގައި.

"ވަޒީފާއަށް ކުރިމަތިލީ ފަރާތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ3013435,3013436 އަށެވެ.އީ-މެއިލް ކުރާނީ[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

10 ފެބުރުވަރީ 2021