ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 20 ފެބުރުވަރީ 2021 23:59
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު

     ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާކަން ބާ ކައުންސިލުގެ އެންމެހާ މެންބަރުންނަށް އަންގައި، މި ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.                             

     2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ތިރީގައިވާ ގޫގްލް ފޯމް ލިންކު މެދުވެރިކުރައްވައި ރެޖިސްޓަރކުރެއްވުން އެދެމެވެ.

https://bit.ly/3jCmIMU

     އަދި ޖަލްސާގެ އެޖެންޑާގައި ޢާންމު މެމްބަރުން ހިމަނަން ބޭނުންވާ ކަންކަން 20 ފެބުރުވަރީ 2021 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ތިރީގައިވާ އީ-މެއިލް މެދުވެރިކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

[email protected]

     މި ޖަލްސާގެ އެޖެންޑާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަހަރީ އާންމު ޖަލްސާއާގުޅޭ އެހެނިހެން ލިޔެކިޔުންތައް، 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި، ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު، ތިރީގައިވާ ބާ ކައުންސިލުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://maldivesbarcouncil.org/agm-2020/

10 ފެބުރުވަރީ 2021