މަސައްކަތް
ނަންބަރު: (IUL)261/261/2021/4
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 21 ފެބުރުވަރީ 2021 10:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭގޮތަށް މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: 261/261/2021/2(IUL) (13 ޖަނަވަރީ 2021) އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަދައިގެންނެވީ އެންމެ ފަރާތަކުންކަމުގައިވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކޮށް އަމިއްލަތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤު ވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށާހެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. ވިޔަފާރި/ އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި، ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 ފެބްރުއަރީ 2021

10 ފެބުރުވަރީ 2021