މަސައްކަތް
ނަންބަރު: (IUL)273/273/2021/6
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 21 ފެބުރުވަރީ 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ތަރައްޤީ ކުރާ ފުޓްބޯޅަދަނޑުގެ ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

                       މިރަށުގައި އަލަށް ތަރައްޤީ ކުރާ ފުޓްބޯޅަދަނޑުގެ ވަށާ ފާރުގައި ސިމެންތި ޖެހުމަށްޓަކައި މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                       ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " އަންދާސީ އަގު ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއިއެކު ބިޑް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލްތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

 

 މަޢުލޫމާތު ސާފުކުރުން

21 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް.

 އަންދާސީ ހިސާބު ހުށަހެޅުން

25 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

                    މިކަމާއި ބެހޭއިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

10 ފެބްރުއަރީ 2021

10 ފެބުރުވަރީ 2021