ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2021/02
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 18:23
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮޑު ދޮށުން ވެލިގަލާއި އަކިރި ނެގުން :

އިޢުލާން

 

 

ގޮޑު ދޮށުން ވެލިގަލާއި އަކިރި ނެގުން :

 

              ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ކަޑައެޅުން ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރު ނަމްބަރު: 3/2020 (18 މާރިޗު 2020) ގައި ބަޔާން ކޮއްފައިވާ ކުރެދިރެހާ އާއި އޮޅުތޮޅު އަދި ކުނަހަންދޫގެ ގޮޑުދޮށުން ޤަވާޢިދާއި ޚިލާފަށް ގިނަޢަދަދަކަށް ވެއްޔާއި އަކިރި އީ.ޕީ.އޭ ގެ މިންގަނޑުތަކަށް ނުފެތޭގޮތަށް ދަނީ ނަގަމުންނެވެ. އަދި ވެއްޔާއި އަކިރި ނެގުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުންދެއެވެ. އަމިއްލަ ބޭނުންތަކާއި ވިއްކާ ވިޔަފާރި ކުރުމުގެ ބޭނުމުގައި ބައެއްފަރާތްތަކުން ގިނަޢަދަދަކަށް ވެއްޔާއި އަކިރި ނަގާ ކަމުގެ ޝަކުވާ މި ކައުންސިލައް ދަނީ ލިބެމުންދެއެވެ. އަދި މި ކަމަކީ މީގެކުރިންވެސް އެތަކެއް ފަހަރު މަތިން މި ކައުންސިލުން އާންމު އިޢުލާންކޮއް މަނާ ކޮއްފައިވާ ކަމެކެވެ. އެހެންކަމުން މި އިޢުލާން އާއި ގުޅިގެން އަމަލުކުރާނީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ޤަވައިދު ނަމްބަރ 2015/R-119 ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދާއި، ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު)އަށެވެ.

             ވީމާ، މިފަދަ އަމަލުތަށް ހިންގާ ފަރާތްތަކުގެ މައުލޫމާތު މި ކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަށް ނުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

 

 

 

27 ޖުމާދުލްއާޚިރާ 1442

09  ފެބުރުވަރީ   2021

09 ފެބުރުވަރީ 2021