ކުއްޔަށް ހިފުން
                	
                ނަންބަރު: (IUL)471-CDS3/1/2021/11
                    ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2021
                    ޕަބްލިޝްކުރި ގަޑި:  17:55
                                            ސުންގަޑި: 
                            21 ފެބުރުވަރީ 2021 11:30
                        
                    
                މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އިންތިޤާލީ އިންސާފްގެ އޮމްބަޑުސް ޕަރސަންގެ އޮފީސް ހިންގުމަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިންތިޤާލީ އިންސާފްގެ އޮމްބަޑުސް ޕަރސަންގެ އޮފީސް ހިންގުމަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 16 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
 - އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] ނުވަތަ [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
 - ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
 
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.
                09 ފެބުރުވަރީ 2021