ކުއްޔަށް ދިނުން
ނަންބަރު: (IUL)280-PRO/INDIV/2021/4
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 21 ފެބުރުވަރީ 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ބަންޑާރަ، ތައްކަށި ރުއްގަސް ކުއްޔަށް ދޫކުރުން

       ށ.ޅައިމަގު ބަންޑާރަ، ތައްކަށި ރުއްގަސް މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ކުއްޔަށް ހިފުމަށްޓަކާ  ހުށަހެޅޭ  އެންމެކުޑަ  ކުއްޔަކީ  އަހަރަކު -/1500 ( ފަނަރަ ސަތޭކަ ރުފިޔާ ) ރުފިޔާއެވެ. ބަންޑާރަ، ތައްކަށި ރުއްގަސް ކުއްޔަށްދެވޭނީ " ގޮއިފާލައްބަ ހިންނަ ފަދަ ތަންތަން ކުއްޔަށް ދިނުމާއިބެހޭ ޤަވާޢިދު " ގައިވާ ޝަރުތުތައް ހަމަވާ ފަރާތް ތަކުގެ ތެރެއިން އެންމެބޮޑު ކުއްޔެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

 

       ވީމާ، މިރަށު  ބަންޑާރަ  ، ތައްކަށި ރުއްގަސް  ކުއްޔަށް  ހިއްޕަވަން  ބޭނުންފުޅުވާ  ފަރާތްތަކުން        16 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު  21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 13.00 ށް ކުލި ހުށަހަޅުއްވާ ސިޓީ ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

       މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަގުހުށްހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބަންޑާރަ އަދި ރައްޔިތުންގެ ރުއްގަހުގައި މިހާރު ހުންނާނީ 3 ރަތް ބަންދު އަޅާފައެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

 

        މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

09 ފެބުރުވަރީ 2021