ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/22
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 16 ފެބުރުވަރީ 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (އެޗް.އާރް)

މަޤާމް :އެސިސްޓަންޓް ޑިރެކްޓަރ (އެޗް.އާރް)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2021/22

ތާރީޙް: 09 ފެބުރުވަރީ 2021

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެޗް.އާޜް

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން:

  1. މަޤާމުތަކަށް މީހުން ހަމަޖެއްސުމާއި، ވަޒީފާ /ބަދަލު ކުރުމާއި/ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކުރުމުގެ އިންތިޒާމްތައް ރާވާ، ހިންގުމާއި މޮނިޓަރކުރުން
  2. ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކުރުވާ ޤަވާއިދާ އެއްގޮތަށް ބަލެހެއްޓޭނެ ނިޒާމް ގާއިމްކޮށްފައިވޭތޯ ޔަޤީންކުރުމާއ، އެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން
  3. ހުސްވާ މަޤާމްތަކަށް މީހުން ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުމާއި ސްޕަވައިޒްކުރުން
  4. މުވައްޒަފުންގެ ވަޒިފާއާއި ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީތަކަށް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތްތަކަށް ޖަވާބު ފޮނުވުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން
  5. ރެކްރޫޓްމަންޓް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޑިޕާރޓްމަންޓްގެ ވެރިޔާއަށް އެހީތެރިވުމާއި، އެ ސެކްޝަންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
  6. ޕޭރޯލް ސެކްޝަންގެ މަސައްކަތައް ރާވާ ހިންގުމުގައި ޑިޕާރޓްމަންޓްގެ ވެރިޔާއަށް އެހީތެރިވުމާއި، އެ ސެކްޝަންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
  7. ޔުނިވަރސިޓީގެ ޕްރޮމޯޝަން ބޯޑުގެ މަސައްކަތް ބެލެހެއްޓުމާއި،އެ ބޯޑަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ނިންމުންތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅައި ބޯޑުގެ ނިންމުންތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  8. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތަކުގެ މަސައަކަތް ގަވާއިދުން ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން.
  9. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ޔުނިވަރސިޓީގެ މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާ އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމާއި، ގެންނަން ޖެހޭ ބަދަލުތައް ދެނެ ގަތުމާއި އެކަން ކަމާއި ގުޅޭ ކޮންސެޕްޓް ޕޭޕަރ އެކުލަވާލާ ޑިޕަރޓްމަންޓްގެ ވެރިޔާއަށް ހުށަހެޅުން.
  11. ޑިޕާޓްމަންޓްގައި ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް އެ މަސައްކަތްތައް ހަލުވިކުރުވައި ތަރައްޤީ ކުރެވޭނެ އައު ވިސްނުންތައް ގެންގުޅުމާއި، އެފަދަކަންކަން ވެރިޔާގެ ލަފާގެ މަތީން އިމްޕްލިމަންޓްކޮށް މުވައްޒަފުން އެ ބަދަލުތަކަށް ހޭނުން.
  12. އެޗް. އާރު. ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރާ ގުޅިގެން ސިސްޓަމް ފަންކްޝަންކުރުވައި، ތަރައްޤީކޮށް، މި ސިސްޓަމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަކަށް މަސައްކަތްކޮށް، މި ކަމާ ގުޅޭ ތަމްރީން ހިންގުން.
  13. ޑިޕަރޓްމަންޓާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން
  14. ޑިޕަރޓްމަންޓްގެ މުވައްޒަފުން ޗުއްޓީ ނެގުމާއި ސަލާމް ބުނުންފަދަ މުވައްޒަފުންގ ހާޒިރު ނުވާ ދުވަސްތަކުގައި އެ މުވައްޒަފުންގެ މަސައްކަތް ރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބައެއް މަސައްކަތްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNU-HR-2021-22

 

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/MNU-JobApplicationForm

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
09 ފެބުރުވަރީ 2021