ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)457-AIT/1/2021/3
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 18 ފެބުރުވަރީ 2021 00:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ހަޔަސް ފޯން ސަރވޭ

އިއުލާން

ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް.

 

 މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރިއަށް ގެންދެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" މިހާރުވަނީ ކޮށް ނިމިފައެވެ.  ނަމަވެސް ރާއްޖޭގެ މިވަގުތުގެ ހާލަތު ހުރިގޮތުން ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ގެ ނަމުގައި ސަރވޭ ކުރުމަށް ބޭނުންވެއެވެ. މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.

މިގޮތުން މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ ގޭބިސީތަކަކަށް އަމާޒްކޮށްގެން ކުރެވޭ މިސަރވޭގެ މަސައްކަތް ފެބްރުއަރީ މަހުން ފެށިގެން މިބިއުރޯގެ ފަރާތުން ކުރިޔަށް ގެންދެވޭނެއެވެ. މިސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ މިބިއުރޯގެ ފަރާތުން ކުރެވުނު 'ހަޔަސް 2019/2020' ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ 600 ގޭބިސީއެއްގައެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވާނީ މިބިޔުރޯއިން ތަމްރީންކުރެވިފައިވާ އެނިއުމަރޭޓަރުންނެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު ނެގުމަށްޓަކައި ގޭބިސީތަކަށް ގުޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއިއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008457 / 3008455 އަށް ގުޅުއްވުން އެދެމެވެ. 

            9 ފެބުރުއަރީ 2021

 

09 ފެބުރުވަރީ 2021