ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް 19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-IQ/2021/26 (06 ފެބުރުއަރީ 2021) އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން 2021 ފެބްރުއަރީ 09 ވަނަ ދުވަހުން ފެށިގެން އައްޑޫއިން މަސްވެރިކަމަށް ނުކުތުމުގެ ހުއްދަ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ދެމުން ގެންދާނެއެވެ. މަހަށް ފުރުމަށް ބޭނުންވާ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުގެ މަޢުލޫމާތާއި އުޅަނދުން ދަތުރުކުރާ މީހުންނާއި، އުޅަނދު ފުރާނެ ދުވަހާއި އަދި އަނބުރާ އަންނާނެ ކަމަށް ލަފާކުރެވޭ ދުވަސް އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކަށް އަންގަންވާނެއެވެ. މަހަށް ނުކުތުމުގެ ހުއްދަ ދިންކަމަށް ބެލެވޭނީ އެއަވަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކްއިން ލިޔުމުން ހުއްދަ ދޭ އުޅަނދުތަކަށް އެކަންޏެވެ. މޮނިޓަރިންގ އަށް ލުމުގެކުރިން އައްޑޫއިން މަހަށް ފުރާފައިވާ އައްޑޫއަށް ނިސްބަތްވާ އުޅަނދުތައް ރަށަށް އަނބުރާ އައުމަށް ބޭނުންނަމަ ސޯޝަލް ސަޕޯޓް ޑެސްކަށް އެކަން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށް ދަންނަވަމެވެ. އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކާއި އަންނަނިވި ނަންބަރުތަކުން ގުޅޭނެއެވެ.
ހިތަދޫ 7789042 |
ފޭދޫ 7789044 |
މަރަދޫ 7789043 |
ހުޅުދޫ 7789046 |
މަރަދޫފޭދޫ 7789045 |
މީދޫ 7789041 |
26 ޖުމާދަލްއާޚިރާ 1442