ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދެސީންގެ "ވާރކް ޕާމިޓް މެޑިކަލް އެގްޒެމިނޭޝަން"ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީގެ ވާރކް ޕާރމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކް ޕާރމިޓް" ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން 09 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ވާރކް ޕާރމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކްޕާރމިޓް" ހެއްދުމުގެ ޙިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ.
1) "މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކް ޕާރމިޓް" ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި މިނިސްޓްރީ އޮފް ހެލްތް އިން ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.
2) ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާއިރު މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ "މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކް ޕާރމިޓް" ގެ ލިޔުން ހުށަހެޅުން.
3) މި ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުން މި މިނިސްޓްރީން ކަނޑައަޅާ އިންތިޒާމްގެ ތެރެއިން "މެޑިކަލް ރިޕޯޓް" މިނިސްޓްރީއާ ހިއްޞާ ކުރެވޭނޭ ފަރާތެއްކަމުގައިވުން.
ރަޖިސްޓްރީ ވުމަށް އެދޭ ފޯމް “Medical Examination Providers Registration form” މި މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް، "ވަރކް ޕަރމިޓް މެޑިކަލް ސަރވިސް ޕްރޮވައިޑަރ ރެޖިސްޓްރޭޝަން އެޕްލިކޭޝަން" ހުށަހަޅައިގެން، މި މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ދެންނެވީމެވެ.