މަސައްކަތް
ނަންބަރު: (IUL)345-CAA/345/2021/33
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 24 ފެބުރުވަރީ 2021 13:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

                                                     ނަންބަރު:  (IUL)345-CAA/345/2021/33

އިޢުލާން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ :

އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު މާފާތު ބަގީޗާގައި ފާޚާނާ އަކާއި، ގުދަނެއް ހެދުމަށް  ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބު ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން  ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 14 ފެބުރުވަރީ 2021 ވާ އާދީއްތަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 15 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23ފެބުރުވަރީ  2020 ވާ (އަންގާރަ) ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

08 ފެބުރުވަރީ 2021