ބީލަން
ނަންބަރު: 09(IUL)415/415/2021/
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި:
18 ފެބުރުވަރީ 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ބީލަން ހުށަހެޅުމުގެ ދައުވަތު
- ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަސްދުވަހަށް ބޭނުންވާ އޮފީސް ސްޓޭޝަނަރީސް ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބިޑް ޑޮކިޔުމަންޓް 2021 ފެބްރުއަރީ 09 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2021 ފެބްރުއަރީ 16 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް މި ދެންނެވި މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް މެއިލްކޮށްދެއްވުން އެދެމެވެ.
- މިމަސައްކަތާއި ގުޅޭ މަޢްލޫމާތުޝީޓް އަދި ބިޑް ފޯމް 2021 ފެބްރުއަރީ 09 ވާ އަންގާރަ ދުވަހުންފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައިބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 ފެބްރުއަރީ 09 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ފެބްރުއަރީ 16 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު [email protected]މެއިލްކޮށްދެއްވުން އެދެމެވެ. މިމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ފެބްރުއަރީ 17 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލއިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 ފެބްރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތިނަދޫ ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯދެއްވުމަށް 9413846 އަށް ގުޅުއްވުންއެދެމެވެ.
07 ފެބުރުވަރީ 2021