ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2021/27
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 20:51
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމާގުޅޭ

އިޢުލާން

 

ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމާގުޅޭ  

ކޮވިޑް 19 ގެ ހާލަތާގުޅިގެން، މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް 08 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން، ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައި ދަންނަވަމެވެ. ވިޔަފާރިއާ ގުޅޭ ޚިދުމަތްތަކަށްއެދި ހުށަހަޅާނެ ގޮތުގެ ތަފްސީލް ހިމެނޭ ލިސްޓް މި އިޢުލާނާއެކު ޝާޢިއު ކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2021