ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)483/1/2021/2
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:10
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ފޮނުވުން
ދެންނެވުން
މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސް، ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާތީ، އެކަމާ ގުޅިގެން މި އިދާރާއިން ޢަމަލުކުރަމުންއައި ގޮތްތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާތީ، އެކަން ޢާންމުކޮށް އެންގުމުގެ ގޮތުން ދަންނަވަމެވެ. މިއޮފީހަށް އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ފޮނުވުމުގައި ތިރީގައި މިދަންނަވާ ގޮތަށް ސަރުކާރުގެ ހުރިހާ އިދާރައަކުން ވެސް ޢަމަލުކުރެއްވުން އެދެމެވެ.
- މި އޮފީހައް މައްސަލައެއް ހުށަހެޅުއްވުމަށް ނުވަތަ މި އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޮނުއްވާ އީމެއިލްއެއް ނަމަ [email protected] އަށް ފޮނުއްވުން.
- އިދާރީ ކަންކަމާ ގުޅިގެން ފޮނުއްވާ އީމެއިމްއެއްނަމަ [email protected] އަށް ފޮނުއްވުން.
07 ފެބުރުވަރީ 2021