ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2021/26
|
ތާރީޚް: 07 ފެބުރުވަރީ 2021
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީ.އެސް 3
|
ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/4,465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/2,232/50 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- މި ޑިޕާޓްމަންޓާއި ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ ރެކޯޑްފައިލް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މި ޑިޕާޓްމަންޓާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ އިޤްރާރާއި، ވަޒީފާ ބަޔާން ތައްޔާރުކުރުން.
- މި ޑިޕާޓްމަންޓާއި ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމްތައް ތައްޔާރުކޮށް، ސެކްޝަންތަކަށް ފޮނުވުމާއި، ފޯމުތަކުގެ ސްޓޭޓަސް ޗެކްކޮށް، އަހަރު ނިމުމުން ފޯމުތައް ހޯދައި ރީޗެކްކުރުމުގެ މަސައްކަތް ކުރުން.
- ޝަރުއީ ކޯޓުތަކާއި، އިދާރާތަކަށް އަލަށް ހަމަޖެހޭ ފަރާތްތަކުގެ އޮފީސް ކާޑް ހެދުމުގެ މަސައްކަތް ކުރުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުން ރެފަރެންސް ލެޓަރ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިޔުން ތައްޔާރުކޮށް ޙަވާލުކުރުން.
- ފަނޑިޔާރުންގެ ސަލާމާއި، ޗުއްޓީގެ މަޢުލޫމަތު އެއްކޮށް ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
- ޗީފް އެޑްމިނިސްޓްރޭޓަރުންގެ ސަލާމާއި، ޗުއްޓީގެ ރެކޯޑްސް އަޕްޑޭޓްކުރުމުގެ މަސައްކަތްކުރުމާއި، ވަގުތީގޮތުން މަސްޢޫލިއްޔަތު ޙަވާލުކުރެވޭ ފަރާތަށް މަސައްކަތް ކުރުމަށް ބޭނުންވާ އެކްސެސް ހަމަޖެއްސުން.
- މި ޑިޕާޓްމަންޓާއި، ޖުޑީޝަލް އެކަޑަމީގެ ވަޒީފާ ތަކަށް މީހުން ހޯދުމަށް އިޢުލާން ކުރުމާއި، ލިބޭ ފޯމްތައް އިވެލުއޭޓްކޮށް ޗެކްކުރުމާއި، އިންޓަރވިއުއަށް އެހީތެރިވުން، އަދި އެފަރާތްތައް ވަޒީފާއަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އަލަށް ވަޒީފާ ހަމަޖެހޭ ފަރަތްތަކުގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތުގެ ފެންވަރު މޮނިޓަރކޮށް ތައްޔާރކުރަންޖެހޭ ރިޕޯޓްތައް އެއްކޮށް، އަލާންޖެހޭ ފިޔަވަޅުތައް ސެކްޝަނ ހެޑްގެ ލަފާގެ މަތިން އެޅުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަޢުލޫމާތު އެޗްއާރު ޑޭޓާބޭސްއަށް އަޕްޑޭޓްކުރަމުން ދިޔުން.
- ޝަރުއީދާއިރާގެ މުވައްޒަފުންނާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
- ޝަރުޢީ ކޯޓުތަކާއި، އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
|
ތަޢުލީމީ ރޮނގު
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
2021 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 އިންސައްތަ
- މަސައްކަތުގެ ތަޖުރިބާ: 10 އިންސައްތަ
- މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 އިންސައްތަ
- އިންޓަރވިއު: 50 އިންސައްތަ
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
- އެޗްއާރު ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
- ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- މައިކްރޯސޮފްޓް އެކްސެލް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.
|