މަސައްކަތް
ނަންބަރު: (IUL)340/340/2021/7
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 14 ފެބުރުވަރީ 2021 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލް އޮފީސް ޢިމާރާތް ބޮޑުކުރުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލް ހިންގާ އިދާރީ އޮފީސް ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

          މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

            މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2021 ފެބްރުވަރީ 07 އިން 2021 ފެބްރުވަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6660714 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 60ރ (ފަސްދޮޅަސް ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމަންޓްތަކުގައި ހިމެނިފައިވާނެއެވެ.

             މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިއެވާ މެއިލަށް 2021 ފެބްރުވަރީ 07 އިން 2021 ފެބްރުވަރީ 14 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

            މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2021 ފެބްރުވަރީ 15 ވަނަ ދުވަހުގެ 10:30ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2021 ފެބްރުވަރީ 21 ވަނަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ.

07 ފެބުރުވަރީ 2021