މަސައްކަތް
ނަންބަރު: IL-PRC/2021/08
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 18 ފެބުރުވަރީ 2021 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިސްކޯ ސްމާރޓްނެޓް ސަރވިސް ލައިސަންސް އައުކުރުން

މި އޮތޯރިޓީގެ ސިސްކޯ ސްމާޓްނެޓް ސަރވިސް ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު IL-PRC/2020/05 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިސްކޯ ސްމާރޓްނެޓް ސަރވިސް ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

14 ފެބުރުވަރީ 2021

އާދީއްތަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި

18 ފެބުރުވަރީ 2021

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

21 ފެބުރުވަރީ 2021

އާދީއްތަ

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

07 ފެބުރުވަރީ 2021