ދިވެހިރާއްޖެ
އިޢުލާން
ރ.ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ރ. ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)299/299/2020/07 (04 މާރޗް 2020) އިއުލާނާއި އެ އިއުލާނާއި ގުޅިގެން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2020/09 (29 މާރޗް 2020) އިއުލާން ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ޝަރުތު ހަމަވާ ފަރާތްތަކުން 2021 ފެބުރުއަރީ 07 ވާ އާދިއްތަ ދުވަހުން ފެށިގެން 2021 ފެބުރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 13:00 އަށް) މި އިދާރާއަށް ގުޅައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
މި މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްގެ ސޮފްޓް ކޮޕީ ހަވާލު ކުރެވޭނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އަދި 2021 މާރޗް 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބުތައް ކެންޑުން އޮންނާނީ 2021 މާރޗު 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެނަމުގައެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2021 މާރޗު 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށް މިއިދާރާގެ ނަންބަރު 4000299 ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.