ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2021-0056
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 06 ފެބުރުވަރީ 2021 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް: 

އެސިސްޓެންޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު:             

  • 03

ވަޒީފާގެ ބާވަތް: 

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).          

  • 12،324ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ. 
  • ސްޓާފް މެޑިކަލް އިންޝުއަރެންސް. 
    • ޕެންޝަން ސްކީމް. 

ވަޒިފާ އަދާކުރަންޖެހޭ ތަން: 

  • ޏ.ފުވައްމުލައް ސައިޓް 

ޝަރުޠު:                   

  • ޖީސީއި އޯލެވެލް ނިންމާފައިވުން ނުވަތަ 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
    • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: 

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 06 ފެބްރުއަރީ 2021 ން 27 ޖަނަވަރީ 2021 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް  05 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001127/ 3001120 / 3001149   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.                              

 

 

03 ފެބްރުއަރީ 2021

03 ފެބުރުވަރީ 2021