ވަޒީފާގެ ފުރުޞަތު
ނަންބަރު: GS139/2021/05
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
16 ފެބުރުވަރީ 2021 12:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2021ވަނަ އަހަރު ސެކިއުރިޓީ އޮފިސަރުން ނެގުމާއި،ބެހޭ
ސެކިއުރިޓީ އޮފިސަރުން ނެގުމާއި،ބެހޭ
މިސްކޫލްގައި 01 މާރޗް 2021 ން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ސެކިއުރިޓީ އޮފިސަރުން ނަގަން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 03
މުސާރަ: މަހަކު -/5000 ރ.
- މިމަސައްކަތް ޙަވާލުކުރާ ފަރާތްތަކަށް އިތުރު އިނާޔަތެއް ނުދެވޭނެއެވެ. ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތަކީ ، ސްކޫލްގެ ޢިމާރާތްތަކާއި، މުދަލާއި، ތަކެތި އަދި ވަށައިގެންވާ މަގުތަކުގެ ސަލާމަތާއި، ރައްކާތެރިކަން ބެލެހެއްޓުމެވެ.
- މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާޤެއްގެ ، ލިޔަންކިޔަން ދަންނަ، ދިވެހި ރައްޔިތަކަށެވެ.
- މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީ ތާވަލަކާއި އެއްގޮތަށެވެ.
- މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއި، އެކު މިސްކޫލުން އެއްބަސްވުމެއް ހެދޭނެއެވެ.
- މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަވިއުކޮށްގެންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހު ، މެންދުރުފަހު 1.00 ގެ ކުރިން ސިޓީއަކުން ސްކޫލްއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓް ތަކާއި، އައި.ޑީކާޑު ދެފުށުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. އަދި މަސައްކަތާ ޙަވާލުވާތާ ދެހަފްތާ ތެރޭ ޕޮލިސް ރިޕޯރޓް ހުށަހަޅުއްވަން ވާނެއެވެ.
03 ފެބުރުވަރީ 2021