މަސައްކަތް
ނަންބަރު: (IUL)250/250/2021/6
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 14 ފެބުރުވަރީ 2021 13:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ވަށަފަރު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތާއިގުޅޭ

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ހއ.ވަށަފަރު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  ބީލަންފޮތް ގަތުމަށްފަހު ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.  ބީލަންފޮތުގެ އަގަކީ 200.00 (ދުއިސައްތަ ރުފިޔާ) އެވެ. ބީލަންފޮތް ގަންނަން ލިބޭނީ 07 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09.00 ން  މެންދުރުފަހު 13.00 ށް ހއ.ވަށަފަރު ކައުންސިލްގެ އިދާރާއިންނެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ހއ.ވަށަފަރު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތާއިގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

15 ފެބްރުއަރީ 2021  13:00

28 ފެބްރުއަރީ 2021  13:00

 

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޚާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި ރަޖިސްޓްރޭޝަންގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޚާޟިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އެބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، އެހެން ބޭފުޅަކު ޚާޟިރުވެލައްވާނަމަ، ޚާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލު ކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޚާޟިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6500039 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2021