މަސައްކަތް
ނަންބަރު: (IUL)252/252/2021/13
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 14 ފެބުރުވަރީ 2021 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް ކުރުން

                                           

މިއިދާރާގެ ނަމްބަރު (IUL)252/252/2020/22 އިޢުލާނު ބާޠިލުކޮށް، ހއ.ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ފެބްރުއަރީ 03 ވީ ބުދަ ދުވަހުން ފެށިގެން 2021 ފެބްރުއަރީ 14 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ފިއްލަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެދުވަހެއްގެ ހެނދުނު 9:00 ން 13:00 އާއި ހަމައަށެވެ. މިޕްރޮޖެކްޓުގެ ޓެންޑަރ ޑޮކިއުމެންޓްގެ ސޮފްޓްކޮޕީ (ސީޑީގައި) ދޫކުރެވޭނެވެ. އަދި 2021 ފެބްރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޕްރީބިޑް ސެޝަނެއް މިއިދާރާގައި އޮންނާނެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2021 ފެބްރުއަރީ 23 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.

            އަދި، މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބުހުށައަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް ގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތަކާއި، ރަޖިސްޓްރީކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ރަޖިސްޓްރީކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2021 ފެބްރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

                       21 ޖުމާދަލްއާޙިރު 1442    

                     03 ފެބްރުއަރީ 2021

03 ފެބުރުވަރީ 2021