މަސައްކަތް
ނަންބަރު: (IUL)303-AS/2021/05:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 17 ފެބުރުވަރީ 2021 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންޖީންގޭގައި 800 ކިލޯ ވޮޓްގެ ކަމިންސް 2 ޖަނަރޭޓަރ ޑައިނަމޯ ސާރވިސްކޮށް ޕެނަލާއި ގުޅާ ނިންމައި ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                             ނަންބަރު: IUL)303-AS/2021/05)           

އިޢުލާން          

 މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންޖީންގޭގައި 800 ކިލޯ ވޮޓްގެ ކަމިންސް 2 ޖަނަރޭޓަރ ޑައިނަމޯ ސާރވިސްކޮށް ޕެނަލާއި ގުޅާ ނިންމައި ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގައިހުރި 800 ކިލޯ ވޮޓްގެ ކަމިންސް 2 ޖަނަރޭޓަރ ޑައިނަމޯ ސާރވިސްކޮށް ޕެނަލާއި ގުޅައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން (03 ފެބުރުވަރީ 2021) ފެށިގެން 10 ފެބުރުވަރީ 2021، ބުދަ ދުވަހުގެ 11:30 ގެ ނިޔަލަށް ރަސްމީގަޑީގައި މިކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.  މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އެމުއްދަތުގައި ނަންނޯޓް ކުރެއްވި ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ އިންޖީންގޭގައި ހުރި 800 ކިލޯވޮޓްގެ ކަމިންސް 2 ޖަނަރޭޓަރ ޑައިނަމޯ ސާރވިސްކޮށް ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީ ގެނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.                   

  1. ޖަނަރޭޓަރ ޑައިނަމޯ ސާރވިސްކޮސް ޕެނަލާއި ގުޅާނިންމުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)       
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް (ދިހަމާކުސް)       
  3.  ހުށަހަޅާ މުއްދަތައް      (ދިހަމާކުސް)        
  4. މާލީތަނަވަސް ކަމަށް      (ފަސްމާކުސް)        

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        21  ޖުމާދަލްއާޙިރާ  1442

        03  ފެބުރުވަރީ    2021  

                                      

  ތިރީގައި އެވަނީ އިންޖީނުގޭގައި ހުރި 800 ކިލޯވޯޓް ޖަނަރޭޓަރ އިންސްޓޯލްކުރުމަށްކުރަންޖެހޭ މަސައްކަތްކަތުގެ މައުލޫމާތުސީޓް

 

އިންޖީނުގޭގެ އިރުމަތިފަރާތުން ގޮނޑުދޮށުން ފެށިގެން އަޅާފައިވާ ހޮޅި ހީޓްއެކްސްޗޭންޖަރ ބޭނުންކޮށް ޖަނަރޭޓަރ އާއި ގުން އަދި މޫދުގައި 4 ފޫޓް 4 ފޫޓް ބުލޮކެއްހަދާ 2 ހޮޅިގުޅުން އަދި މޫދަށްލާފައިއިވާ ހޮޅިތަކުގައި 1 ފޫޓް ފުޅާ 16"*16 ކޮންކުރިޓް ބުލޮކް ހަރުކުރެވިފައި ހުންނާވާނެއެވެ.

  1. ޑައިނަމޯސާރވިސްކުރުމާއި ފުލައިވީލް ސީލް ބަދަލްކުރުން އަދި ޑައިނަމޯގެ ބިއަރރިންބަދަލުކުރުން
  2. ޑީސަލްޓޭން ބެހެއްޓުމާއި ތެޔޮ ލައިންތައް ޖަނަރޭޓަރާއި ގުން
  3. ޖަނަރޭޓަރ ޕެނަލާއި ގުޅާ ލޯޑްސެއާރކުރެވޭ ގޮތްހެދުން

    ނޯޓް : މިމަސައްކަތުގެ ބިޑަށްކުރިމަތިލެވޭނީ މޯލްޑިވިއުސް އެނަރޖީ އޮތޯރިޓީއިން ހުއްދަވީފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަންމެވެ.

03 ފެބުރުވަރީ 2021