މަސައްކަތް
ނަންބަރު: (IUL)326/PRIV/2021/1
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 15 ފެބުރުވަރީ 2021 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ،

ޅ. ހިންނަވަރު ، ދިވެހިރާއްޖެ.

 

އިޢުލާން

 

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

                 

                ހިންނަވަރުގެ އިޖުތިމާޢީ ސަރަޙައްދުތައް 01 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ކުނިކަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                މި މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މި އިޢުލާން އާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި 07 ފެބްރުއަރީ 2021ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރުފަހު 14:00އަށް،  މަޢުލޫމާތު ޝީޓް ހިންނަވަރު ކައުންސިލް އިދާރާއިންވެސް ލިބެންހުންނާނެއެވެ.

                ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ 11:00އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އިޖްތިމާޢީ ސަރަޙައްދުތައް ކުނިކެހުމާއިބޭހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ޞައްޙަނުވާ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

  އަދި މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ނަމްބަރު 6620301 އާއި ގުޅުއްވުން އެދެމެވެ.

                 

                        21 ޖުމާދަލްއާޚިރާ 1442

                        03 ފެބްރުއަރީ 2021

03 ފެބުރުވަރީ 2021