ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL-229-AHI/229/2021/01
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 11 ފެބުރުވަރީ 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިޝަރ

އިޢުލާނު

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިޝަރ

މަޤާމުގެ ނަންބަރު

J-283763

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީއެސް 4 ( އޮފިސަރ ގްރޭޑް 2 )

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

މުސާރަ

5020 ރުފިޔާ

ސަރވިސް އެލެވަންސް

1500 ރުފިޔާ

އެހެނިހެން އެލެވަންސް

ސަޕޯޓިންގ ކޯ އެލަވަންސް 700 ރުފިޔާ

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      އަތޮޅު ކައުންސިލްގެ ޕްރޮކިއުމަންޓް ޕްލޭން ކުރިއަށް އޮތް އަހަރަށް ލަފާކޮށް ހިނގާ އަހަރުގެ 31 ޑިސެމްބަރ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެސަރީގައި ޤާއިމް ކޮށްފައިވާ ޕްރޮކިއުމަންޓް ނިޒާމްގެ އީމެއިލްއަށް ފޮނުވުން.

2-      އަތޮޅުކައުންސިލް އިދާރާގެ ޔުނިޓަކުން މުދަލެއް ނުވަތަ ޚިދްމަތެއް ހޯދަން އެދިއްޖެނަމަ އެމުދަލެއް ނުވަތަ ޚިދްމަތެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ބަޖެޓް ގައި ހުރިތޯ ބަލާ ކަށަވަރުކުރުން.

3-      އަތޮޅުކައުންސިލް އިދާރާގެ އެއްވެސް ޔުނިޓަކުން މުދަލެއް ނުވަތަ ޚިދްމަތެއް ހޯދަން އެދިއްޖެނަމަ އެމުދަލެއް ނުވަތަ ޚިދްމަތެއް ހޯދުމަށް ބޭނުންވާ ކޯޓޭޝަން ހަމަކުރުމާއި އެކު އެޚިދްމަތެއް ނުވަތަ މުދަލެއް ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުން.

4-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކަކީ ވާދަވެރި މާހައުލަކަށް ހުޅުވާލެވިގެން އިޤްތިސާދީ ގޮތުން އެންމެފައިދާހުރި ހާމަކަންބޮޑު ގޮތެއްގައި ޒިންމާދާރު ކަމާއި އެކު ހޯދޭ މުދަލާއި ޚިދްމަތްކަން ޔަޤީން ކުރުން.

5-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތައް އިދާރާގެ ފަރާތުން ބަލައިގަތުމަށްފަހު އެޚިދްމަތުގެއަގު، މުދާ ނުވަތަ ޚިދްމަތް ފޯރުކޮށްދިން ފަރާތާއި، އެއްބަސްވެފައިވާ މުއްދަތުގައި އަދާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

6-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދާ އިދާރާގެ ފަރާތުން ބަލައިގަތުމަށްފަހު ސްޓޮކް ބަލަހައްޓާ މުވައްޒަފާ ހަވާލުކުރުން. 

7-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދާ ތަނުގެ އިންވެންޓްރީއަށް އެރުވުމަށްޓަކައި އިންވެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އިންވެންޓްރީ ބަލަހައްޓާ ފަރާތައް ފޯރުކޮށްދިނުން.

8-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކުގެތެރެއިން މާލިއްޔަތު ޤަވާއިދާއެއްގޮތަށް ބިޑަށް ހުޅުވާލަން ޖެހޭ މުދަލާ ޚިދްމަތަށް ބޭނުންވާ ބީއޯކިޔޫ، ބިޑް ޑޮކިއުމަންޓާއި ، މައުލޫމާތު ސީޓްފަދަ މުހިއްމު ޑޮކިއުމަންޓް ތައް ތައްޔާރުކުރުން. އަދި ބިޑް ބަލައިގަތުމަށް ބޭނުންވާއެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

9-      އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތްތަކާގުޅިގެން ލިބޭ ބިޑްތައް އިވެލުއޭޓްކުރުމަށް ބިޑް އިވެލުއޭޝަން ކޮމެޓީ އަށް ފޮނުވުން އަދި އެކޮމެޓީގެ ބައްދަލުވުންތަކަށް ކިއުމާއި ބައްދަލުވުމުގެ ޔައުމިއްޔާ ބެލެހެއްޓުންފަދަ ބިޑް އިވެލުއޭޝަން ކޮމެޓީ އާ ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.

10-  އަތޮޅުކައުންސިލް ގެ ބިޑް އިވެލުއޭޝަނަށްފަހު ބިޑް ކާމިޔާބުކުރިފަރާތައް ބިޑް އެވޯރޑް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމާއި އެބިޑް އެވޯރޑްކުރުން.

11-  އަތޮޅުކައުންސިލް އިދާރާއަށް ހޯދާ މުދަލާއި ޚިދްމަތް ހޯދުމަށް ހުޅުވާލެވޭ ފުރުޟަތު ތަކުގައި ބީލަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާ އިތުބާރާއިއެކު ތަފާތުކުރުމެއް ނެތި ޕްރޮކިއުމަންޓްގެ ކަންތައް ގެންދެވޭނެ ކަމުގެ ޔަޤީންކަން ހޯދައި ދިނުން.

12-  އަތޮޅުކައުންސިލް ގެ ބީލަމުގައި ބައިވެރިވާ އެންމެހާފަރާތްތަކުން ހުށައަޅާ ލިޔެކިއުންތަކާއި މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން.

މަޤާމުގެ ޝަރުތުތައް

މަޤާމަށް ކަނޑައެޅިފައިވާ ޝަރުތު:

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން 'ސެކަންޑްރީ' ސްކޫލް ނުވަތަ 'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

'މަތީސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާޢްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-

މަޤާމުގެ މަސައްކަތު ދާއިރާތައް:

1-އެޑްމިނިސްޓްރޭޝަން

2-މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން http://www.csc.gov.mv/download/2107/ އަދި އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާރޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ       ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި   ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮއްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮއްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮއްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. )

(ރ) އުވައިލައިފައިވާ ދައުލަތުގެ އިދާރާއެއގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމް

ލިބިފައިވާ ތަޢުލީމް

25

25

10

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

20

20

30

ލިބިފައިވާ ހުނަރު

އިންޓަވިއު

100

100

60

ޖުމްލަ

145

100

100

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.)

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 ފެބްރުއަރީ 2021 އާއި 25 ފެބްރުއަރީ 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައާއި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580238 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

21 ޖުމާދުލްއާޚިރާ 1442

03 ފެބުރުވަރީ 2021