ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH-A-AD/NAH/2021/10
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 10 ފެބުރުވަރީ 2021 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ) މަޤާމަށް މުވައްޒަފަކު ހޯދުމަށް

ނ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމްގެ ނަންބަރު:

J-290999

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 02

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.އަތޮޅު ހޮސްޕިޓަލް

މުސާރަ:

-/5020 ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ހޮސްޕިޓަލްގެ ފައިސާއާއި ބެހޭ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން  ކުރަމުން ގެންދިއުމާއި، ޙަވާލުވެފައިވާ ފައިސާއާއިބެހޭ ކަންތައްތައް ދުވަހުން ދުވަހަށް ނިންމައި ރިޕޯރޓްތައްޔާރުކުރުމާއި، ހޮސްޕިޓަލްގެ އަދި ހެލްތް ސެންޓަތަކުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ޤަވާޢީދުން ތައްޔާރުކޮށް ކަމާބެހޭ އިދާރާއަށް ފޮނުވުމާއި ލިބޭފައިސާއާއި ޚަރަދު ރިޕޯރޓްތައް ޤަވާޢިދުން ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިއުން.
  2. ހޮސްޕިޓަލްގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ޤަވާޢިދާއި އެއްގޮތަށް ކުރުން
  3. ބަޖެޓާއިބެހޭ ހުރިހާ ލިޔެކިޔުންތައް ސަރުކާރުގެ ޤަވާޢިދާއި އެއްގޮތަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. ބަޖެޓް ޚަރަދަށް ބޭނުންވާ ފައިސާ މިނިސްޓްރީ އޮފް ހެލްތް އާއި ގުޅައިގެން ހޯދުން
  5. ބަޖެޓުން ކުރެވޭ ޚަރަދުގެ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވަންޖެހޭ ތާރީޚަށް އެފަރާތްތަކަށް ފޮނުވުން.
  6. ޕެންޝަންފައިސާ ކަނޑައެޅިފައިވާޤަވާޢިދާއި އެއްގޮތަށް ޖަމާކުރުމާއި ރެކޯރޑް ބެލެހެއްޓުން.
  7. ކްރެޑިޑް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދެއްކުމާއި ރެކޯރޑްތައް ބެލެހެއްޓުން.
  8. ކުރެވޭ ޚަރަދުތަކަށް އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ރައްދުކުރުން.
  9. ފައިސާ ޚަރަދުކުރުމާއި ބެލެހެއްޓުމުގައި ހޮސްޕިޓަލް ހިންގަން އެވަގުތަކު ހުންނަވާ ބޭފުޅެއްގެ މަޝްވަރާއާއި ލަފާ ހޯދުން.
  10. މުވައްޒަފުންގެ މުސާރައާއި އުޖޫރަ އާއި އެލަވަންސް އަދި ކޮއްތު ފައިސާފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ޤަވާޢިދުން ދިނުން
  11. އަތޮޅު ތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ ބަޖެޓް އަދި މުސާރަފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުން.
  12. އަތޮޅު ތެރޭގެ ޞިއްޙީމަރުކަޒުތަކަށް ލިބޭ އާމްދަނީ ހޮސްޕިޓަލްގެ އެކައުންޓަށް ޖަމާކުރޭތޯ ބަލާ ރިޕޯރޓްތައް ތައްޔާރުކުރޭތޯ ބެލުން.
  13. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ، ޤަވާޢިދާއި އެއްގޮތަށް ލިބިގަތުމާއި ޖަމާކުރުން އަދި ރެކޯރޑް ބެލެހެއްޓުން.
  14. އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއި ނުލިބިފައިވާ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަދި ކްރެޑިޓަށް ޚިދްމަތް ހޯދާ ފަރާތްތަކަށް ހަދާ ބިލްތައް ޗެކްކުރުން
  15. ފައިސާ ލިބޭ ކަންތައްތަކުގެ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  16. ބޭންކް އެކައުންޓްތަކުގެ ތަފްޞީލް ޤަވާޢިދުން ބަލަހައްޓާ ޗެކްތައް ބާކީ ކުރުން، އަދި ނަގަންޖެހޭ ފައިސާ ނެގުން  އަދި ފައިސާއާއި ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  17. ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ރެޖިސްޓަރ ބެލެހެއްޓުން
  18. ޑެއިލީ ޕޭމަންޓް، ކަލެކްޝަން ރިޕޯރޓް ނެގުމާއި ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
  19. އަހަރީ ބަޖެޓް ތައްޔާރުކުރުން.
  20. ތިޖޫރީ ބެލެހެއްޓުމާއި ތިޖޫރީ ރިޕޯރޓް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވުން.

 

މަޤާމުގެ ޝަރުތު

 

މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގަކުން  ދިވިހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 04 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

ޕްރިފަރޑް ޑިސިޕްލިން : ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:  ފައިނޭންސް  ، އެކައުންޓިންގް

ގުޅޭ ވަޒީފާގެދާއިރާތައް:

  • ފައިނޭންސް
  • އެކައުންޓިންގް

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ  www.csc.gov.mv ވެބްސައިޓުންނާއި ނ.އަތޮޅުހޮސްޕިޓަލްއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ  ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ ކަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ސެޓުފިކެޓު ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

   (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ

6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ .

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާ ގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަ ދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން )މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

  (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް)   ނ.އަތޮޅު ހޮސްޕިޓަލް އިން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓް http://www.csc.gov.mv/download/2249 އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 10 ފެބްރުއަރީ  2021 ވަނަ ދުވަހުގެ 14:00 ގެކުރިން )   ނ.އަތޮޅު ހޮސްޕިޓަލް އިދާރާއަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޯކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.އަދި ހުށަ އަޅާ ފޯމަކީ  ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް ކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.

 

   

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ 15 ފެބްރުއަރީ 2021 އާއި 25 ފެބްރުއަރީ 2021 އާއި ދެމެދު ނ.އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން .އަތޮޅު ހޮސްޕިޓަލްގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް )   ނ.އަތޮޅު ހޮސްޕިޓަލްއަށް  ހުށައަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560038 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އިޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ ޢުޞޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu)   (އިން ލިބެން ހުންނާނެއެވެ.

03 ފެބުރުވަރީ 2021