ދިވެހިރާއްޖެ
`
އަލްމަދަރުސަތުލް މުނައްވަރާ
ށ.މަރޮށި
ދިވެހިރާއްޖެ
ނަންބަރ: GS212/IUL/2021/04
އިއުލާން
އަލްމަދަރުސަތުލް މުނައްވަރާ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ
މަޤާމް: ސެކިއުރިޓީ (ވޭޖް އެމްޕްލޯއިމަންޓް)
ބޭނުންވާ އަދަދު: 03
މުއްދަތު : 10 މަހާއި، 15 ދުވަސް
މުސާރަ : 5000/- ( މަހަކު )
ވަޒީފާއޮތް އޮފީސް: އަލްމަދަރުސަތުލް މުނައްވަރާ
ގިންތި: ކޮންޓްރެކްޓް
ވަޒީފާއަދާކުރާ ތަން : އަލްމަދަރުސަތުލް މުނައްވަރާ
ޝަރުތު:
1- އުމުރުން 18 (އަށާރަ) އަހަރުން މަތީ އަދި 65 (ފަސްދޮޅަސް ފަސް) އަހަރުންދަށުގެ ދިވެހި ރައްޔިތަކު ކަމުގައިވުން.
2- ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓޭފަދަ ސިއްހީގޮތުން އެކަމަށް އެކަށީގެންވާ ފަރާތެއް ކަމުގައިވުން.
3- ލިޔަން ކިޔަން ދަންނަ ފަރާތެއްކަމުގައިވުން.
4- ޒިންމާދާރުކަމާއި އެކީ މަސައްކަތުގެ މަސްޢޫލިއްޔަތުތައް އަދާކުރެވޭނެ ހީވާގި އިޙްލާޞްތެރި ފަރާތެއްކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ސްކޫލްގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެ ސްކޫލުން އަންގާ ގޮތުގެމަތިން ބެލެހެއްޓުން.
2- ސްކޫލްގައި އޯލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު އިތުރު ކުއްޔަކާއި ނުލައި ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ ބަލަހައްޓައިދިނުން.
3- ހެނދުނު 6:00 ގައި ދިދަ ނަގާ އަދި ހަވީރު 6:00 ގައި ދިދަ ތިރިކުރުން.
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް :
ހ. މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚެއް އަންގާނެވާހަކަ ދަންނަވަމެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ތާރީޚް :
މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު، 2021 ފެބްރުވަރީ 09 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މުނައްވަރާ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް، (އެޕްލިކޭޝަންފޯމް މުނައްވަރާސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތްތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540508 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
20 ޖުމާދަލްއާޚިރު 1442
02 ފެބްރުވަރީ 2021
ޢަލީ ނަސީރު ޢަބްދުއްރަޙީމް
ޕްރިންސިޕަލް