ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)306/306/2021/6
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 10 ފެބުރުވަރީ 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ފުރުސަތު

                                                  

 

އިޢުލާން

 

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ވޭޖްއުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް

ލޭބަރ

ބޭނުންވާ އަދަދު

05 (ނޯޓް: ޕޫލަށް ގިނަވެގެން ނަގާނީ 05 ބޭފުޅުންނެވެ. އަދި މަސައްކަތް ހަވާލުކުރާނީ ޕޫލްގެ ތެރެއިން 01 ވަނަ ރޭންކް ގައި އިންނަވާ ފަރާތަށް މަސައްކަތް ހަވާލުކުރާގޮތަށް އިސްކަންދީގެންނެވެ. އަދި އެފަރާތަށް ހާޟިރުނުވެވޭ ދުވަހަކު ނުވަތަ އިތުރު މުވައްޒަފަކު ބަލިވެގެން ނުވަތަ ޗުއްޓީ ނަގައިގެން ނާދެވޭ ދުވަހަކު ޕޫލުގައި ދެން އިންނަވާ ބޭފުޅަކަށް އެދުވަހަކު ނިކުތުމަށް ފުރުޞަތު ދެވޭނެއެވެ.)

މުއްދަތު

01 އަހަރު

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

08 ގަޑީއިރު (ހެނދުނު 08:00 ން މެންދުރު 12:00 އަދި 13:30 އިން 17:30)

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

މުހިއްމު ނޯޓް

މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، މަސައްކަތް ހަވާލުކުރާނީ އެފަރާތްތަކާއި ވެވޭ އެއްބަސްވުމެއްގެ ދަށުން، ޕޫލްއެއް އެކުލަވާލުމަށްފަހުއެވެ.

އެގޮތުން ވޭސްޓްމެނޭޖްމަންޓް ސެންޓަރ އިން ހުސްވާ މަޤާމްތަކަށް ބަދަލުގައި ނިކުންނާނެ މުވައްޒަފަކު ހަމަޖައްސާނީ މި ޕްލޫގެ ތެރެއިންނެވެ. މިއީ ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތް ކުރައްވަންޖެހޭ މަޤާމްތަކަކަށްވާތީ، އުޖޫރަ ހަމަޖެހޭނީ މަސައްކަތް ކުރާ ގަޑިއިރަކަށް މަހު މުސާރަ އާއި އެލަވަންސް ޖެހޭ މިންވަރަށް އުޖޫރަ ދޭ އުޞޫލުންނެވެ.

ވޭޖް

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 25.00 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ކައުންސިލުން އިތުރު ގަޑިއަށް ނިކުންނަން އަންގަފި ހިނދެއްގައި، މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 25.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރުން

2- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭ ގޮތައް ބަގީ ހުސްކުރުން.

2- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން.

3- ބަގީއަށް ދިމާވާ އެކިއެކި މަސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން.

4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން.

5- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގުމާއި، ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން.

6- ވެމްކޯއިން ކުނި އުފުލަން އަންނަ ދުވަހު، ރަށު ގޮނޑު ހުސްކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަޖުރިބާ  އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން އެންގޭނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 ފެބްރުވަރީ 10 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ފެބްރުވަރީ 2021

01 ފެބުރުވަރީ 2021