ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-CMS/IUL/2021/002
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 11 ފެބުރުވަރީ 2021 14:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރުން ހޯދުން

މިސެންޓަރުން ހިންގާ ކޯސްތަކަށް ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

ޝަރުޠު

ނޯޓިކަލް ސްޓަޑީޒް ލެކްޗަރަރ:

  1. STCW Reg II/2 ގައިވާ އެޕްރޫވްޑް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް މެރިޓައިމް ޔުނިވާސިޓީ/ކޮލެޖް/އިންސްޓިޓިއުޓަކުން ފުރިހަމަ ކުރުމަށްފަހު
  2. STCW  ކޮންވެންޝަން 1978 އޭޒް އެމެންޑަޑް ގައި ބަޔާން ކުރެވިފައިވާ މާސްޓަރ ނުވަތަ ޗީފް މޭޓް ސާޓިފިކެޓް އޮފް ކޮމްޕިޓެންސީ އޮން ޝިޕްސް އޮފް 3000 ގްރޮސް ޓަންސް އޮރ މޯރ އޮތުން އަދި
  3. މަދުވެގެން 2 އަހަރުގެ ތަޖުރިބާ 3000 ގްރޮސް ޓަންސް އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގަ ފޮރިން ގޮއިން ދަތުރު ތަކުގައި މާސްޓަރ ނުވަތަ ޗީފް މޭޓް އަކަށް އުޅެފައިހުރުން ނުވަތަ

މަދުވެގެން  1 އަހަރު 3000 ގްރޮސް ޓަންސް އަށް ވުރެ ބޮޑަތި އުޅަނދު ފަހަރުގަ ފޮރިން ގޮއިން ދަތުރު ތަކުގައި މާސްޓަރ ނުވަތަ ޗީފް މޭޓް އަކަށް އުޅެފައިވުން އަދި ޝިޕިންގް ކުންފުންޏެއްގެ މެރިން/ސޭފްޓީ ސުޕްރިންޓެންޑަންޓެއް ނުވަތަ މެރިންޕައިލެޓެއް ނުވަތަ ނޯޓިކަލް ސްޓަޑީޒް ލެކްޗަރަރ އެއް ނުވަތަ މިފަދަ އެހެން ވަޒީފާ އެއްގައި މަދުވެގެން 1 އަހަރު އުޅެފައިވުން

މެރިން އިންޖިނިއަރިން ލެކްޗަރަރ:

  1. STCW Reg III/2 ގައިވާ އެޕްރޫވްޑް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް މެރިޓައިމް ޔުނިވާސިޓީ/ކޮލެޖް/އިންސްޓިޓިއުޓަކުން ފުރިހަމަ ކުރުމަށްފަހު
  2. STCW  ކޮންވެންޝަން 1978 އޭޒް އެމެންޑަޑް ގައި ބަޔާން ކުރެވިފައިވާ ޗީފް އިންޖިނިއަރ އޮފިސަރ ނުވަތަ ސެކަންޑް އިންޖިނިއަރ އޮފިސަރ ސާޓިފިކެޓް އޮފް ކޮމްޕިޓެންސީ އޮން ޝީގޮއިން ޝިޕްސް ޕަވަރޑް ބައި މެއިން ޕްރޮޕަލްޝަން މެޝިނަރީ އޮފް 3,000kW ޕްރޮޕަލްޝަން ޕަވަރ އޮރ މޯރ އޮތުން އަދި
  3. މަދުވެގެން 2 އަހަރުގެ ތަޖުރިބާ މެއިން ޕްރޮޕަލްޝަން މެޝިނަރީ 3,000kW އަށް ވުރެ މަތީ އުޅަނދުފަހަރުގައި ޗީފް އިންޖިނިއަރ އޮފިސަރ ނުވަތަ ސެކަންޑް އިންޖިނިއަރ އޮފިސަރ އަކަށް އުޅެފައިހުރުން ނުވަތަ

މަދުވެގެން 1 އަހަރުގެ ތަޖުރިބާ މެއިން ޕްރޮޕަލްޝަން މެޝިނަރީ 3,000kW އަށް ވުރެ މަތީ އުޅަނދުފަހަރުގައި ޗީފް އިންޖިނިއަރ އޮފިސަރ އަކަށް ނުވަތަ ސެކަންޑް އިންޖިނިއަރ އޮފިސަރ އަކަށް އުޅެފައިވުން އަދި ޝިޕިންގް ކުންފުންޏެއްގެ ޓެކްނިކަލް ސުޕްރިންޓެންޑަންޓެއް ނުވަތަ މިފަދަ އެހެން ވަޒީފާ އެއްގައި މަދުވެގެން 1 އަހަރު އުޅެފައިވުން

 

އުޖޫރަ: ޕާރޓްޓައިމް ލެކްޗަރަރުންނަށް ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީގައި ހަމަޖެހިފައިވާ އުސޫލުން އުޖޫރަދެވޭނެއެވެ.

މިސެންޓަރުގެ ކޯސްތަކުގައި ކިޔަވާދެއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިސެންޓަރުން ހިންގާ ކޯސްތަކުގައި ޕާރޓްޓައިމްކޮށް ކިޔަވައިދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިލިނގިލި) އަށް މިކަމަށްއެދި ސިޓީ ނުވަތަ އީމެއިލް ފޮނުއްވުންއެދެމެވެ.

ސިޓީއާއިއެކު ހުށައަޅަންޖެހޭ ތަކެތި:

- ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރަކާއިއެކު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް/ލިޔުންތަކުގެ ކޮޕީ

- ސެޓްފިކެޓް އޮފް ކޮމްޕީޓަންސީގެ ކޮޕީ

އީމެއިލުންނަމަ، [email protected] އަށް ފޮނުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3345222 ނަންބަރާއި ގުޅުއްވުންއެދެމެވެ.

02 ފެބުރުވަރީ 2021