ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2021/004
މަޤާމް: މަސައްކަތު
ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމެންޓް
މަޤާމުގެ ޝަރުތު:
- އިންޓަރވިއުއިން ފާސްވުން ނުވަތަ، ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން
- ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން
- ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދިވެސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން
- އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން
- ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/3200 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)
- އެޓެންޑަންސް އެލަވަންސް: -/1120 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 08 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.