ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި އެދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރުމާބެހޭ އުސޫލް
ތަޢާރަފާއި ނަން |
1. |
(ހ) |
މިއީ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ބ) އާއި 152 ވަނަ މާއްދާއާއި 152 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން، އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ސާރކިއުލަރ ނަންބަރު 30-E1/CIR/2020/25 (23 ޑިސެމްބަރ 2020) އަށް ރިޢާޔަތްކޮށް އެކުލަވާލައި އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ 2021 ވަނަ އަހަރުގެ 04 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައިވާ " އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި އެދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރުމާބެހޭ އުސޫލް " އެވެ. |
|
|
(ށ) |
މިއުސޫލަށް ކިޔާނީ [އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި އެދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރުމާބެހޭ އުސޫލް] އެވެ. |
ޢަމަލު ކުރަންފަށާ ތާރީޚް |
2. |
|
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، 01 ފެބްރުވަރީ 2021 އިން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުސޫލުގައި ހިންގުން |
3. |
|
މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މިއުސޫލެއްގައި ނުހިނގާނެއެވެ. ނަމަވެސް މިއުސޫލްގައި ޢަމަލު ކުރަން ފެށުމަށްފަހު މިއުސޫލްގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިއުސޫލުގެ ދަށުން ހިނގާނެއެވެ. |
ދަނޑުވެރިކަން ކުރުމާއި ދިރޭ ޖަނަވާރު ގެންގުޅުމަށް ބިން ކަނޑައެޅުން |
4. |
(ހ)
|
ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ބިމަކީ މިރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ މިރަށު ބުންބަރުމަގު ދެކުނު ފަރާތު ސަހަރާގެ ހުޅަނގުންއޮތް ހުސްބިމެވެ. |
(ށ) |
ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ބިމަކީ މިރަށު ބުންބަރުމަގުގެ އެމެރިކާގެ ހިމެނޭ ސަރަހައްދާ ދިމާލުން މަގުގެ އުތުރު ފަރާތެވެ. |
||
(ނ) |
ދިރޭ ޖަނަވާރު ގެންގުޅުމަށް ކަނޑައަޅާފައިވާ ބިމަކީ މިރަށު ބުންބަރުމަގުގެ އެމެރިކާގެ ހިމެނޭ ސަރަހައްދާ ދިމާލުން މަގުގެ އުތުރު ފަރާތު ވަގުތީ ދަނޑުތަކުގެ އިރުންއޮތް ބިމެވެ. |
||
ދަނޑުބިން ދޫކުރުމާއި، ދަނޑުބިމަށް އެދުމާއި، އަދި ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުން |
5. |
(ހ)
|
ދަނޑުވެރިކަމަށް ބިން ދޫކުރެވޭނީ އެކަމަށް މިކައުންސިލުން އިޢުލާންކޮށްގެންނެވެ. މިގޮތުން އިޢުލާންގައިވާގޮތުގެ މަތިން ދަނޑުބިމަށް އެދޭ ފަރާތްތަކުން ކުރިމަތިލާނީ އެކަމަށްއެދި ހުށަހަޅާ ފޯމަކުންނެވެ. |
(ށ) |
ދަނޑުބިމުގެ އެއްބަސްވުން މިކައުންސިލާއެކު ހެދުމާއެކު މިކައުންސިލްގެ ދަނޑުވެރިންގެ ދަފްތަރުގައި އެފަރާތުގެ ނަން ހިމެނޭނެއެވެ. |
||
މިއުސޫލަށް ޢަމަލުކުރަންފަށާއިރު ދޫކުރެވިފައިވާ ދަނޑުބިންތައް |
6. |
(ހ) |
ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން މިއުސޫލަށް ޢަމަލުކުރަންފަށާއިރު ދޫކުރެވިފައިވާ ދަނޑުބިންތަކާމެދު ގޮތް ނިންމުމުގެގޮތުން:
|
ބިން ސާފުކުރުމާއި، ބެލެހެއްޓުމާއި، ކުނި ނައްތާލުން |
7. |
(ހ)
|
ދަނޑުވެރިކަން ކުރުމަށް ބިން ނަގާ ފަރާތްތަކުން ބިމުގެ މިން ޖަހާތާ މަދުވެގެން 2 ހަފްތާގެ މުއްދަތުގެ ތެރޭގައި ބިން ސާފުކުރަންވާނެއެވެ. |
(ށ) |
ބިން ސާފުކުރުމަށްފަހު ފަތްކުނި ކައިރީގައިވާ ގަސްތަކަށް އަސަރު ނުކުރާނެގޮތަކަށް ބެލުމަށްފަހު އެންދިދާނެއެވެ. ފަތްކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެކުނި އުކާލުމަށް ތައްޔާރުކުރުމަށްފަހު ވޭސްޓް މެނޭޖްމަންޓް ސެކްޝަން މެދުވެރިކޮށް އުކާލަންވާނެއެވެ. |
||
(ނ) |
ބިން ހަވާލުކުރެވިފައިވާ މުއްދަތުގައި ބިން ސާފުކޮށް ބަލަހައްޓުމާއެކު ދަނޑުވެރިކަމުގެ ކޮންމެވެސް ބާވަތެއް އަބަދުވެސް ހައްދަމުންގެންދަންވާނެއެވެ. |
||
ދަނޑުވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރުން |
8. |
(ހ) |
ދަނޑުވެރިކަމަށް ދޫކުރެވިފައިވާބިމުގައި ހައްދާނެ ބާވަތަކާއި އެބާވަތްތައް ހައްދާނެގޮތުގެ ޕްލޭނެއް އޮންނަންވާނެއެވެ. އަދި މިޕްލޭން މިއުސޫލަށް ޢަމަލުކުރަންފަށާތާ 1 މަސް ދުވަހުގެ ތެރޭގައި ލިޔުމުން ކައުންސިލާ ހިއްސާކުރަންވާނެއެވެ. |
|
|
(ށ) |
ދަނޑުބިންތަކުގައި ބާވަތްތައް ހައްދާއިރު ދަނޑުވެރިކަމަށް ބިންގަނޑު ރަނގަޅު ކުރުމުގެ ބޭނުމުގައި އެއްވެސް ބާވަތެއް ނުހައްދައި 3 މަސް ދުވަސް ބޭއްވިދާނެއެވެ. މިގޮތަށް ބާއްވަންވާނީ މިމަޢުލޫމާތު ކައުންސިލާ ލިޔުމުން ހިއްސާކުރުމަށްފަހުގައެވެ. |
|
|
(ނ) |
ދަނޑުބިމުގައި ހައްދާ ބާވަތްތައް ވިއްކުމުގެކުރިން އެތަކެތި ސާފުތާހިރުކަންމަތީ ބަހައްޓަންވާނެއެވެ. އަދި އެތަކެއްޗަކީ ކެއުމަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ތަކެތިކަން ކަށަވަރުކުރަންވާނެއެވެ. |
ދަނޑަށް ފެންދިނުން |
9. |
(ހ) |
ދަނޑަށް ފެންދިނުމަށް މިރަށު ބުންބަރުމަގުން ސަހަރާއާއި އިރަށް މަގުގެ ދެފަރާތުގައި ކޮނެފައިވާ ވަޅުތަކުން ވަޅެއް ބޭނުންކުރެވިދާނެއެވެ. އަދި ނަގާފައިވާ ދަނޑުގެ ތެރެއިންވެސް ވަޅެއްކޮނެ ބޭނުންކުރެވިދާނެއެވެ. |
|
|
(ށ) |
ގަސްތަކަށް ފެންދިނުމަށް ކޮނެފައިވާ ވަޅަކަށް ކެމިކަލް އެކުލެވޭ ގަސްކާނާ ނުވަތަ ޕެސްޓިސައިޑް އަޅައިގެންނުވާނެއެވެ. |
ދަނޑުގައި ބޭނުންކުރާ ގަސްކާނާ / ބޭސްފަދަ ސާމާނު |
10. |
(ހ) |
ދަނޑުގައި ގަސްކާނާގެގޮތުގައި އޯގަނިކް ކާނާއެއް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ. |
|
|
(ށ) |
ދަނޑުގައި ބޭނުންކުރާ އެކިކަހަލަ ބޭހާއި ކެމިލް ބޭނުންކުރަންވާނީ ކޮންމެ ގަސްކާނާ އަކާއި، ބޭހެއް ބޭނުންކުރާނެ ގޮތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ފެކްޓްޝީޓްގައިވާ ގޮތަށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. |
ދިރޭ ޖަނަވާރު ގެންގުޅުން
|
11. |
(ހ) |
ދިރޭ ޖަނަވާރު ގެންގުޅޭނީ އެކަމަށް ޚާއްސަކޮށްގެން ކޮށި އަޅައިގެންނެވެ. މިގޮތަށް އަޅާ ކޮށިތަކުގައި ޖަނަވާރު ގެންގެވޭނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގައި ރަޖިސްޓްރީ ކޮށްގެންނެވެ. |
|
|
(ށ) |
ދިރޭ ޖަނަވާރު ގެންގުޅުމުގައި ކައިރީގައިވާ ދަނޑުބިންތަކާއި، ވަލުތެރޭގައި ހެދިފައިވާ ގަސްތަކަށް އޭގެ ސަބަބުން ގެއްލުންނުވާނެ ގޮތަކަށް އިންތިޒާމްކުރަންވާނެއެވެ. ގެންގުޅޭ ޖަނަވާރުތައް އަބަދުވެސް ހުންނަންވާނީ ބަންދުކުރެވިފައިވާ ކޮށީގައެވެ. އަދި މިގޮތަށް ގެންގުޅޭ އެއްވެސް ޖަނަވާރެއް ކޮށިން ބޭރަށްނެރެ ހުއްދަދީފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ގެންގޮސްގެންނުވާނެއެވެ. |
|
|
(ނ) |
ދިރޭ ޖަނަވާރަށް ރަށުގައި ހެދޭ އަދި ހައްދާ ބާވަތެއްގެ ގަހަކުން ކާނާއެއް ދޭނަމަ އެކަން ޕްލޭންކޮށް ލިޔުމުން މިކައުންސިލަށް އަންގަންވާނެއެވެ. އަދި އެކަން ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ. |
|
|
(ރ) |
ދިރޭ ޖަނަވާރު ގެންގުޅުމުގައި ވެޓިނޭރިއަންއެއްގެ ހުއްދަނެތި އެއްވެސް ބާވަތެއްގެ އެންޓިބައޮޓިކްސްއެއް ބޭނުންކޮށްގެންނުވާނެއެވެ. އިންސާނުން ބޭނުންކުރުމަށް ހުންނަ ބޭސް އެއްވެސް ހާލަތެއްގައި ޖަނަވާރުންނަށް ވެޓިނޭރިއަންއެއްގެ ލަފާގެމަތިން (ލިއުމުން) ލިބިގެންނޫނީ ބޭނުންކޮށްގެން ނުވާނެއެވެ. |
ރެކޯޑް ބެލެހެއްޓުން
|
12. |
|
ދަނޑުވެރިޔާ ހައްދާ ހުރިހާ ބާވަތެއްގެ ތަފާސް ހިސާބު ކޮންމެ 3 މަހުން 1 މަހު ރިޕޯޓެއްގެ ސިފާގައި ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުން ދަނޑުވެރިޔާ ހައްދާ ބާވަތްތަކާއި، އޭގެން އުފެއްދުނު މިންވަރާއި، ލިބުނު ނަފާ މި ރިޕޯޓްގައި ހިމަނަންވާނެއެވެ. މިރިޕޯޓް ހުށަހަޅާނީ މިކައުންސިލުން ތައްޔާރުކުރާ ލިޔުމާ އެއްގޮތަށެވެ. |
އުސޫލާ ޚިލާފުވުން |
13. |
|
މި އުސޫލާ ޚިލާފްވެއްޖެނަމަ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެވަނަ ފަހަރު ނަސޭހަތާއެކު ހަނދާންކޮށްދިނުން، އަދި ތިންވަނަ ފަހަރު އެގްރިމެންޓް ބާތިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. |
މާނަކުރުން |
14. |
|
ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނެނީ އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލެވެ. ވެޓެރިނޭރިއަން: ޖަނަވާރުންގެ ޚާއްސަ ޑޮކްޓަރުން. އޯގަނިކް: މަސްނޫއީ ކެމިކަލް ބޭނުން ނުކޮށް ހަދާފައިވާ ގަސް ކާނާ. މިއުސޫލުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
|