ނީލަން
ނަންބަރު: (IUL)1-CSO(FM)/1/2021/7
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ 2 އުޅަނދެއް ސިޓީ ލާ ނީލަމުގައި ވިއްކާލުން

އިޢުލާނު

މި އޮފީހުގެ 2 އުޅަނދެއް ސިޓީ ލާ ނީލަމުގައި ވިއްކާލުން

މި އޮފީހުގެ ރަޖިސްޓަރީ ނަންބަރު B1A1812 ކާރާއި، C1A1297 ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން އެ އުޅަނދެއް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ކޮންމެ ނީލަމަކަށް އަގު ހުށަހަޅާނީ ސިޓީން އަގު ހުށަހަޅާ ފޯމު (NL04) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، އެ ނީލަމަކަށް ކަނޑައަޅާފައިވާ ފޮށްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި އަގުހުށަހަޅަން ބޭނުންވާ ނީލަމުގެ ނަންބަރު ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ނީލަމަށް ކޮންމެ ދުވަހަކު މެންދުރު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ނީލަން ބާޠިލު ކުރެވޭނެއެވެ.

ސިޓީ ލާ ނީލަމުގައި ވިއްކާލާ 2 އުޅަނދުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

ނީލަން ނަންބަރު: 1

ރަޖިސްޓަރީ ނަންބަރު: B1A1812 ކާރު

ރަޖިސްޓަރީ ކުރި ތާރީޚް: 17 ނޮވެމްބަރު 1999

ހަކަތައިގެ ބާވަތް: ޕެޓްރޯލް

ނީލަން ފެށޭއަގު: 74,000.00 (ހަތްދިހަ ހަތަރުހާސް) ރުފިޔާ

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް) ރުފިޔާ

ނީލަން ނަންބަރު: 2

ރަޖިސްޓަރީ ނަންބަރު: C1A1297 ޕިކަޕް

ރަޖިސްޓަރީ ކުރި ތާރީޚް: 22 ޖުލައި 2003

ހަކަތައިގެ ބާވަތް: ޑީސަލް

އުފުލޭ ބަރުދަން: 1500 ކިލޯ

ނީލަން ފެށޭއަގު: 75,000.00 (ހަތްދިހަ ފަސްހާސް) ރުފިޔާ

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1,000.00 (އެއްހާސް) ރުފިޔާ

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެ އުޅަނދު ބަލާލުމުގެ އިންތިޒާމް 2021 ފެބުރުވަރީ 2 ވާ އަންގާރަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00ން މެންދުރުފަހު 14:00އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް ސިޓީން އަގުހުށަހަޅާ ފޯމު ލާފޮށި 10 ފެބުރުވަރީ 2021 ން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޖުމާދަލްއާޚިރާ 1442

01 ފެބުރުވަރީ 2021