މަސައްކަތް
ނަންބަރު: (IUL)337-C-AB/337/2021/7
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 31 ޖަނަވަރީ 2021 11:30
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރުފަރާތުގައި ކައުންސިލުން ތަރައްޤީކުރަމުންދާ ސަރަހައްދުގައި ވޯކްވޭ ހެދުމާއި، ގަސްބެޑްތައް ރާނައި ސިމެންތިޖަހައި ކުލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

ނަމްބަރ: IUL)337-C-AB/337/2021/7)

 

އިޢުލާން

 

ރަށުގެ އުތުރުފަރާތުގައި ކައުންސިލުން ތަރައްޤީކުރަމުންދާ ސަރަހައްދުގައި ވޯކްވޭ ހެދުމާއި، ގަސްބެޑްތައް ރާނައި ސިމެންތިޖަހައި ކުލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މިކައުންސިލުން ރަށުގެ އުތުރުފަރާތުގައި ތަރައްޤީކުރަމުންދާ ލޯކަލް ބީޗާއި، ކުޑަކުދިންގެ ޕާކް އަދި އައުޓް ޑޯ ޖިމް ހިމެނޭ ސަރަހައްދުގައި ވޯކްވޭ އާއި ގަސްބެޑުތައް ރާނާ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2021 ފެބްރުއަރީ 03 ވަނަދުވަހުގެ 11:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

2021 ފެބްރުއަރީ 10 ވަނަދުވަހުގެ 11:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް،

އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

18 ޖުމާދަލްއާޚިރާ 1442

31 ޖަނަވަރީ  2021

31 ޖަނަވަރީ 2021