ދިވެހިރާއްޖެ
ނަމްބަރ: (IUL)337-C-AB/337/2021/6
އިޢުލާން
ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރާނައި ސިމެންތިޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކައުންސިލުން ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރާނައި ސިމެންތިޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް
ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: |
2021 ފެބްރުއަރީ 03 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި، |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
2021 ފެބްރުއަރީ 10 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް، |
އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.
18 ޖުމާދަލްއާޚިރާ 1442
31 ޖަނަވަރީ 2021