ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)238-A/238/2021/6
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 04 ފެބުރުވަރީ 2021 12:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޕްރެކްޓިކަލް ޓެސްޓް ދޭނެ އެގްޒަރމިނަރެއް ހޯދުމަށް

އިޢުލާން

މި ކައުންސިލުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާން އޮންނާނީ މި ކައުންސިލުން ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސް  ވަނީ ހުޅުވާލެވިފައެވެ.

ބޭނުންވާ އަދަދު :

އަންހެން: 1

ފިރިހެން: 1

އުޖޫރަ:

ޓެސްޓްކުރާ ކޮންމެ A،A1 ކެޓަގަރީގެ އުޅަނދަކަށް 15/-  ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް 25/- ރުފިޔާ

ޝަރުތު:

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން.
  • އެއްގަމު އުޅަނދު ދުއްވުމުގެ މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މިއިދާރައިގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ކަމުގައި ނުވުން.

ހުށައަޅަންޖެހޭ ތަކެތި:

  • ވަނަވަރު
  • އައި.ޑީކާޑު ކޮޕީ
  • އެއްގަމު ލައިސަންސް ކޮޕީ
  • ޕޮލިސް ރިކޯޑް ފޯމް

 

ވީމާ، މިއިދާރާގެ އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން 04 ފެބްރުއަރީ 2021 ވަނަދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. 

31 ޖަނަވަރީ 2021