ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2021/8
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 03 ފެބުރުވަރީ 2021 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސީ ބިއްލޫރި ބަދަލުކުރުމާއި ބެހޭ

އިޢުލާނު

 

ޓެކްސީ ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަ ކަން ވަނީ ފާހަގަކުރެވިފައެވެ. ވީމާ 31 ޖަނަވަރީ 2021 އިން ފެށިގެން 06 މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އަންގައި އިޢުލާނު ކުރީމެވެ.

30 ޖަނަވަރީ 2021