ތަމްރީނު
ނަންބަރު: (IUL)160-AS/160/2021/2
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 11 ފެބުރުވަރީ 2021 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އިމާމުކަމުގެ ޑިގްރީ ކޯސް ފެށުމާއިގުޅޭ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2021 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 އިމާމުކަމުގެ ޑިގްރީ ކޯސް

 

ޝަރުޠު:      

  1. ގުޅޭ ދާއިރާއަކުން އެމް. އެން. ކިޔު. އެފް ލެވެލް 4 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު: 3  އަހަރު ( 6 ސެމިސްޓަރ )

ޖާގަ:    30 ޖާގަ

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2021 ޖެނުއަރީ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސްބަޖެކްޓްގެ ގޮތުގައި "Semester 1, 2021”  ޖެއްސެވުން އެދެމެވެ.

28 ޖަނަވަރީ 2021