ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CB/38/2021/32
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 18:30
ސުންގަޑި: 08 ފެބުރުވަރީ 2021 00:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020- ރަށްވެހިކަން ބަދަލުކުރުމާއި ގުޅޭ

ނަންބަރު: IUL)38-CB/38/2021/32)

 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020

ރަށްވެހިކަން ބަދަލުކުރުމާއި ގުޅޭ

2021 އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާތީވެ، ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2021 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމެވުމަށް އިލްތިމާސްކުރަމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

16 ޖުމާދަލްއާޚިރު 1442

 

29 ޖަނަވަރީ 2021