ދިވެހިރާއްޖެ
ނަންބަރު: IUL)38-CA/38/2021/29)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުން
ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލައި، 2020 ޖޫން 23 ގައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު: IUL)38-AA/38/2020/5) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާގެންދިޔުމުގެ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނަންއަނބުރާ ގެންދިޔުމުގެ މުއްދަތު 2021 ފެބްރުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހަމަވާ ގޮތަށް މި ކޮމިޝަނުން ނިންމައިފީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
16 ޖުމާދަލްއާޚިރާ 1442