ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)HUR/1/2021/7
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 20:30
ސުންގަޑި: 08 ފެބުރުވަރީ 2021 12:00
ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

 

މަޤާމް:

ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރ:

J299921

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.2 އިން އީ.އެކްސް 6 އަށް

މަޤާމުގެ ކްލެސިފިކޭޝަން:

ޓީޗިންގ ސަރވިސް އޮފިސަރ 3 އިން 6

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރަވީ ސްކޫލް / ހުޅުމާލެ،ދިވެހިރާއްޖެ

މުސާރަ:

6295.00 ރުފިޔާ އާއި 15560.00 ރުފިޔާ އާއި ދެމެދު

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ

ޓެނުއަރޝިޕް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

5- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ، (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ ސްކޫލް މެނޭޖްމެންޓް ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

 

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS 2

900.00ރުފިޔާ

EX 1

1100.00ރުފިޔާ

EX 4

1300.00ރުފިޔާ

MS 3

900.00ރުފިޔާ

EX 2

1100.00ރުފިޔާ

EX 5

1500.00ރުފިޔާ

MS 4

900.00ރުފިޔާ

EX 3

1300.00ރުފިޔާ

EX 6

1500.00ރުފިޔާ

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް އުނގަންނައި ދިނުމަށާއި އިތުރު ޙަރަކާތްތައް ރާވާ ހިންގުން.
  2. ޕްރައިމަރީ ގްރޭޑްތަކުގެ ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ޙަވާލުކުރެވޭ ގްރޭޑްތަކުގެ ޓީޗަރުންނާއި ކިޔަވައި ދިނުމުގައި ޙަރަކާތްތެރިވާ އެހެނިހެން މުއައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.
  4. ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  5. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  6. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
  7. ޕްރައިމަރީ ގްރޭޑްތަކުގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ގަވާއިދުން ހަފުތާއަކު އެއްފަހަރު ރިވިއު މީޓިންގތައް ބޭއްވުން.
  8. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  9. ދަރިވަރުންނަށް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.
  10. ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން
  11. ލީޑިންގ ޓީޗަރުންނާއި އެހެނިހެން އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ޤަވާޢިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.
  12. ޕްރައިމަރީ ގްރޭޑްތަކުގެ އެސެމްބްލީ ކޯޑިނޭޓް ކުރުން
  13. ޙަވާލުކުރެވޭ ގްރޭޑްތަކުގެ މީޓިންގތައް ބޭއްވުން.
  14. ޙަވާލުކުރެވޭ ގްރޭޑްތަކުގެ ހުރިހާ ކުލަބުތަކެއް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.
  15. ސްކޫލުގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޒިރުވެ، ސްކޫލް ތަމްސީލުކުރުން.
  16. ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެމަތިން ސްކޫލްގައި ހިންގޭ އެންމެހާ ޙަރަކާތްތައް ފަހިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތުގެމަތިން ހަވާލުކުރެވޭ ގްރޭޑްތަކުގެ އެހެން މުއައްޒަފުން ލައްވާ މަސައްކަތް ކުރުވުން.
  17. މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތްކުރުން.

 

މަޤާމުގެޝަރުތުތައް:

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންގ ސަރވިސް

އޮފިސަރ 3

MS2

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު، ކިޔަވައި ދިނުމުގެ  ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

6,295.00

2,500.00

 

 

 

 

ޓީޗިންގ ސަރވިސް

 އޮފިސަރ 4

 

 

 

 

MS3

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު، ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

7,035.00

 

      

 

 

 

 

2,500.00

 

 

 

 

 

 

 

ޓީޗިންގ ސަރވިސް

 އޮފިސަރ 5

 

 

 

 

 

 

MS4

 

 

 

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

7,875.00

 

 

      

 

 

 

 

2,500.00

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

ޓީޗިންގ ސަރވިސް އޮފިސަރ 6

EX1

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލް ކޮށްފައިވުމާއިއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

8,835.00

2,500.00

ޓީޗިންގ ސަރވިސް އޮފިސަރ 7

      

EX2

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 7  ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

9,890.00

2,500.00

ޓީޗިންގ ސަރވިސް އޮފިސަރ 8

EX3

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

11,065.00

2,500.00

ޓީޗިންގ ސަރވިސް އޮފިސަރ 9

EX4

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

12,400.00

2,500.00

ޓީޗިންގ ސަރވިސް އޮފިސަރ 10

EX5

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

13,890.00

2,500.00

ޓީޗިންގ ސަރވިސް އޮފިސަރ 11

EX6

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

15,560.00

2,500.00

މަޤާމުގެ ތަޢުލީމީ ރޮނގު:

އެޑިޔުކޭޝަން/ ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަރވިސަސް/އެޑިއުކޭޝަން/ ސްކޫލް މެނޭޖްމެންޓް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަ ތް ކޮށްފައި ވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮ ށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެނެސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ 08 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ހުރަވީ ސްކޫލް، ހުޅުމާލެއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީ [email protected]  އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 08 ފެބުރުވަރީ 2021 އާއި 18 ފެބުރުވަރީ 2021 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350728،3350709 އަށެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2021