ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AEH-AHR/1/2021/18
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 03 ފެބުރުވަރީ 2021 13:30
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ))

މަޤާމު

ކޮންސަލްޓެންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ޑިވިޝަން / ސެކްޝަން

ކްލިނިކަލް ސަރވިސެސް ޑިވިޝަން

މަޤާމު އޮތް އޮފީސް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް / އައްޑޫ ސިޓީ

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް / އައްޑޫ ސިޓީ

މަގާމު

 

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ(

ކޮންސަލްޓެންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ

CS15-5

 ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

37,400/-

CS15-4

 ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

35,810/-

CS15-3

 ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

34,210/-

CS15-2

 ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

32,590/-

CS15-1

މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.ޑީ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

 ނުވަތަ

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.ޑީ އާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

30,990/-

ސަރވިސް އެލަވެންސް

-/12750 ރުފިޔާ (މަހަކު)

އިތުރު އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިހާލަތު ދެނެގަތުން.
  2. އަލްޑްރާ ސައުންޑްސް ސްކޭން، ސިޓީ ސްކޭން އަދި މެމޮގްރަފީ ހެދުމާއި ރިޕޯޓްތައް ތައްޔާރުކުރުން.
  3. ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  4. ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހުލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުމަށް އަދި ފަރުވާއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުން.
  5. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  6. އޮޕަރޭޝަންތައްކުރަންޖެހޭ ބަލިމީހުންގެ އަޮޕަރޭޝަންތައް ކުރުމާއި އަދި އޮންކޯލް ޑިއުޓީހެދުމާއި، އޯޕީޑީއަށް އަންނަ އަންހެނުންގެ ޚާއްސަ ބަލިމީހުން ބެލުން.
  7. ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަކީ ސްކޭން ކުރުމުގެ ތަފާތު ބަލިތަކާއި އަނިޔާތަކާއި އޭގެ ފަރުވާއަށް ރަނގަޅަށް އަހުލުވެރި އަދި ތައުލީމީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައިވެސް އިތުރަށް ގާބިލް ބަޔަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރުން. މިގޮތުން ސީ.އެމްއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ޑިއުޓީގައި ހުންނަ ވަގުތު މެޑިކަލް އޮފިސަރުންނަށް އެހީތެރިވެދިނުން.
  8. ހެލްތް ސެންޓަރުތަކުގައި ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ބަލިމީހުންގެ ފަރުވާއާގުޅޭގޮތުން ލަފާދިނުމާއި އަދި ޚިދުމަތްބޭނުންވެއްޖެ ހާލަތްތަކުގައި ކަނޑައެޅިފައިވާ މުއްދަތަށް އެޚިދުމަތް ފޯރުކޮށްދިނުން.
  9. އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާއިބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާއިބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން.
  10. އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމު ހޭލުންތެރިކުރުމަށް ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައި ހިންގުމުގައި ބައިވެރިވުން.
  11. ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި އަދި ސިއްހީޚިދުމަތްތަކުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ހަރަކާތްތަކުގައި މެޑިކަލް ޕްރޮފެޝަނަލްއެއްގެ ހައިސިއްޔަތުން ބައިވެރިވެ ލަފާދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 03 ފެބްރުވަރީ  2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،03 ފެބްރުވަރީ 2021 އިން 02 މާރިޗު 2021 އާއި ދެމެދުގެ މުއްދަތެއްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2  ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2021