ދިވެހިރާއްޖެ
ނަމްބަރ: IUL)337-C-AB/337/2021/3)
އިޢުލާން
ލޯކަލް ބީޗް އޭރިއާގައި އޯޕަންޝަވަރ ހެދުމާއި ބާބަކިއު ގްރިލް ބަހައްޓާ އަށިގަނޑު ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކައުންސިލުން ތަރައްޤީކުރާ ލޯކަލް ބީޗް އޭރިޔާގައި ހަދާފައިވާ ހަޓްތަކުގެ ކައިރީގައި 5އޯޕަން ޝަވަރ އާއި 5 ބާބަކިއު ގްރިލް ބަހައްޓާ އަށިގަނޑު ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: |
2021 ފެބްރުއަރީ 02 ވަނަދުވަހުގެ 11:45 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި، |
އަންދާސީ ހިސާބު ހުށަހެޅުން: |
2021 ފެބްރުއަރީ 08 ވަނަދުވަހުގެ 11:45 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް، |
އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.
15 ޖުމާދަލްއާޚިރާ 1442
28 ޖަނަވަރީ 2021