ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2021/14
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 10 ފެބުރުވަރީ 2021 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

    މިރަށު ހޮސްޕިޓަލް އަޅާ ބިމުގައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. އެރުއްގަހުގައި ކަޅު ފެހި، އަލިކުލައިގެ ދަވާދުން ރަސްގެ ޖަހައި 1 ން 584 އަށް ނަމްބަރެއް ޖަހާފައި ހުންނާނެއެވެ.

    ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. ގަހުގެ މައުލޫމާތު ގެންނައިރު ގަހުގެ ވަށަމިން ސެންޓިމީޓަރުން ގެންނަށް ވާނެއެވެ. ވަށަމިން ގެންނަނީ 1 މީޓަރު މަތިންނެވެ.  10 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 05/92 ( މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރުއް ގަހާ ބެހޭ ގާނޫނު ) ގައިވާ ގޮތުގެ މަތިން ކަނޑާ ލެވޭނެއެވެ.

    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޖަނަވަރީ 2021