މަޤާމު
|
ވެށިފާރަވެރިޔާ
|
މަޤާމުގެ ނަންބަރު:
|
-
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (31 ޑިސެމްބަރ 2021 ގެ ނިޔަލަށް)
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ / ހއ. އިހަވަންދޫ
މުނިސިޕަލް ސަރވިސް ޔުނިޓް
|
މުސާރާއި އެލަވަންސް:
|
އަސާސީ މުސާރަ: -/ 3500(ތިންހާސް ފަސްސަތޭކަ ރުފިޔާ) (މަހަކު)
ސަރވިސް އެލަވަންސް: -/500 (ފައްސަތޭކަ ރުފިޔާ) (މަހަކު)
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ރަމަޟާން އެލަވަންސް ދެވޭނެއެވެ.
|
މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:
|
- މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 133.33 (ސަތޭކަ ތިރީސް ތިން ރުފިޔާ / ތިރީސް ތިން ލާރި) އުނިކުރެވޭނެއެވެ.
- ޕެންޝަން ފައިސާގެ ގޮތުގައި ކޮންމެ މަހަކު އަސާސީ މުސާރައިގެ %7 ފައިސާ އުނިކުރެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ކައުންސިލުން އަންގާ ގޮތެންގެ މަތިން ކޮންމެ ހަފްތާއަކު 06 ދުވަހު، ޑިއުޓީ އުޞޫލުން (ދުވާލަކު 6 ގަޑިއިރު)
(ނޯޓް: މި ގަޑިއަށް ސަރުކާރުން ބަދަލެއް ގެނެސްފިނަމަ އެ ގަޑިއާއި ވަގުތައް ބަދަލުވާނެއެވެ.)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ތިލަދުންމަތީ އުތުރުރުބުރީ އިހަވަންދޫ ކައުންސިލްގެ އިޙްތިޞާޞްގެ ހިނގާ ސަރަޙައްދު ރަނގަޅަށް ބެލެހެއްޓުމާއި، އަދި އެސަރަޙައްދުގެ ތެރޭގައި އެކިފަރާތްތަކުން ޤާނޫނާއި ޤަވާޢިދާއި، އިޖްރާޢީ އުޞޫލު ތަކާއި ޚިލާފަށް ހިންގާކަންކަން ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ޙައްލު ކުރަންޖެހޭ ކަންކަންކުރުމަށް މަސައްކަތްކުރުން.
- ތަފާތު އެކި މަސައްކަތްތައް ކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ތަންތަނުގައި އެ މަސައްކަތްތައް ކުރަމުންގެންދަނީ ކައުންސިލުންދީފައިވާ ހުއްދައާއި އެއްގޮތަށްތޯ ބަލައި ދީފައިވާ ހުއްދައާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.
- ފައިބަރުން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ހަރުގެވަޅުތަކުގައި އެ މަސައްކަތްތައް ކުރަނީ ހުއްދަދީފައިވާ ގޮތަށްތޯ ބަލައި ޤަވާޢިދާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަށް އެހީތެރިވުން.
- ރަށުގެ އެކިތަންތަނުގައި ޤަވާޢިދާއި ޚިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ދެނެގަނެ، ރަށުގެ ފަޅުގޯތިތަކާއި، ރަށުގެ ހުރިހާ ގޯތިތަކާއި ގުޅިފައިވާމަގުތައް ސާފުކޮށް ބެލަހައްޓާތޯ ބެލުމާއި، ރަށުގެ މަގުތަކާއި އެނޫންވެސް ތަންތަނުގައި ބަހައްޓާފައިހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ނަގަން އެންގުމާއި އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރަށުގެ ކުނިއުކަން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކަށް ކުނިއަޅާފަރާތްތަކާއި، ކުނި އުކުން މަނާ ދުވަސް ދުވަހާއި، ގަޑި ތަކުގައި ކުނިގޮނޑަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ހިއްސާކުރުން.
- ރަށުގެ ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެއްޔާއި އަކިރި ނަގާފަރާތްތަކާއި ރަށުގެ ވަލުތެރެއިން ވެލި ނަގާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ހިއްސާކުރުން.
- ރަށުގެ ވަލުތެރެއިން ޤަވާޢިދާ ޚިލާފަށް ދަރުކޮށާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ހިއްސާކުރުން.
- ރަށުގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ކުނި ނަގާތޯބަލައި އެކަމާގުޅޭގޮތުން ކައުންސިލުން ނިންމާގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މީހުންދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އަދި އެކިކަންކަމަށް ދޫކޮށްފައިވާ ބިންތަކުގައިހުންނަ ރުއްގަހުން މަގަށް ނުކުމެފައި އޮންނަ ފަނާއި އޮފިތައް ކޮށުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން.
- ނުދިއްލި ހުންނަ މަގުބައްތިތައް ރަނގަޅަށް ދެނެގަނެ އެ ތަކެއްޗާއި ބެހޭ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް އެންގެވުމަށް ތައްޔާރުކޮށްފައިވާ ސްލިޕު ފުރިހަމަކޮށް ލިޔުމުން އެންގުމާއި އަދި އެކަން މުނިސިޕަލް ސަރވިސް ޔުނިޓުގެ ވެރިޔާގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލު ކުރުމަށް މަސައްކަތްކުރުން.
- ވެށިފާރަވެރިވުމުގައި ބަލަންޖެހޭކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ކަންކަން ކުރާފަރާތްތަކަށް ނަޞޭޙަތްތެރިވެ، އެފަދަކަންކަން ހުއްޓުވައި އަދި ވެށިފާރަވެރިވުމުގެ ޤަވާއިދާ އެއްގޮތަށް ފީ ނަގަން ޖެހޭނަމަ ފީ ނެގުމަށް ޙަވާލު ކުރަންޖެހޭ ސްލިޕް ޙަވާލު ކުރުމާއި އެސްލިޕުގެ އަޞްލެއް މުނިސިޕަލް ސަރވިސް ޔުނިޓާއި ޙަވާލު ކުރުން.
ރައްޔިތުންގެ، އިޖްތިމާޢީ ފެންވަރުގައިކުރެވޭ މަސައްކަތްތަކާއި، ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ޙަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ޚާއްސަ މުނާސަބާތްތަކާއި، މުބާރަތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަންކިޔަން އެގުން އަސާސީ ތައުލީމުގެ ފެންވަރު ހުރުން.
|
އެހެނިހެން ޝަރުތުތައް:
|
v ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
v ފުލްޓައިމް ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.
v ފުލްޓައިމް ދަރިވަރަކަށް ނުވުން.
v އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
v މިލާދީގޮތުން އުމުރުން 65 އަހަރު ވެފައިވާ މީހަކަށް ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސްޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
- ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) – ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭ ފަރާތުން ވަޒީފާއަށް އައްޔަނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހު ތެރޭގައެވެ.
|
ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
(%)
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
ތަޢުލީމާއި ތަމްރީނު
|
ލިބިފައިވާ ތަޢުލީމު
|
25
|
10
|
15
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
|
30
|
35
|
35
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު
|
100
|
50
|
50
|
ޖުމްލަ
|
185
|
100
|
100
|
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021ފެބުރުވަރީ 09 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ފެބުރުވަރީ 10 އާއި 2021ފެބުރުވަރީ 15 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މައުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|