ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)239-IED/239/2021/2
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި:
21 ފެބުރުވަރީ 2021 11:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ. އަތޮޅު ސްޓޭޓްހައުސް އަށް ބޭނުންވާ ތަކެތި ހޯދުމާގުޅޭ
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތ.އަތޮޅު ސްޓޭޓް ހައުސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2021 ފެބްރުއަރީ 08ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރެއްވުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
- މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގް ބޭއްވޭނީ 2021 ފެބްރުއަރީ 10ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 ފެބްރުއަރީ 21ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ރަސްމީ ކޮންމެ ދުވަހެއްގެ 8:30ން 12:00އަށް މިއިދާރާއަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައވާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2021 ފެބްރުއަރީ 21ވާ އާދީއްތަ ދުވަހުގެ 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ، ހަވީރީ ހިނގުން، ދިވެހިރާއްޖެ.
ފޯން: 6780700 / 9931351
އީމެއިލް: [email protected]
28 ޖަނަވަރީ 2021